ކ. މާލެ
|
22 މާރޗް 2017 | ބުދަ 08:23
ސިރިސޭނާ ރައީސް ނަޝީދާއެކު
ސިރިސޭނާ ރައީސް ނަޝީދާއެކު
ޓްވިޓަރ
ސްރީ ލަންކާ
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
މިއީ ރަޝިޔާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މިމަހުގެ 22 ން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅު ވެގެން ދާނީ 1974 ވަނަ އަހަރުގެ ފަހުން ސްރީ ލަންކާގެ ލީޑަރަކު ރަޝިއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. 1974 ވަނަ އަހަރު ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރު ސިރިމަވޯ ބަންޑާރަނައިކެ ރަޝިއާގެ މޮސްކޯއަށް ވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސް ރަޝިއަށް ދަތުރުކުރައްވާއިރު، މިއަހަރަކީ ލަންކާ އާއި ރަޝިއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވުނުތާ 60 އަހަރު ފުރޭ އަހަރެވެ.

ސިރިސޭނާގެ ދަތުރުފުޅުގައި މިމަހުގެ 23 ވަނަ ދުވަހު ރަޝިއާގެ ރައީސް ޕުޓިންނާ ބައްދަލުކުރައްވާނެއެވެ.

އޭގެ އިތުރުން ފަތުރުވެރިކަމާއި މަސްވެރިކަމާއި ސަގާފަތާއި ތައުލީމީ ދާއިރާ އަދި ސައިންސާއި ޓެކްނޮލޮޖީ ދާއިރާއިން ދެގައުމުގެ ދެމެދުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން އެގްރީމެންޓްތަކުގައި ސޮއިކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް