ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 20:08
ޑިންބާ މިއުޒިކްގެ \'ފައިލަސޫފި\' ރިލީޒްކޮށްފައިވަނީ އަންގާރު ދުވަހު
ޑިންބާ މިއުޒިކްގެ 'ފައިލަސޫފި' ރިލީޒްކޮށްފައިވަނީ އަންގާރު ދުވަހު
ފޭސްބުކް
ފައިލަސޫފި
ހަތް ލަވައާއެކު ޑިންބާ މިއުޒިކްގެ 'ފައިލަސޫފި' ރިލީޒްކޮށްފި
ޖޭޒް، ބްލޫސް އަދި ރެގޭ ސްޓައިލްގެ ލަވަތައް ހިމެނޭ މި އަލްބަމްގައި ގިނަ އާޓިސްޓުންތަކެއްގެ އަޑު އިވިގެންދޭ
ޕަނަމާ ޝަފީގް ގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވަ ހިމެނޭ
އިނގިރޭސި ދެ ލަވަ ހިމެނޭ

އަމިއްލަ ރާގުގެ ލަވަތައް އެފެއްދުމުގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ 'ޑިންބާ މިއުޒިކް'ގެ 16 ވަނަ އަލްބަމް ރިލީޒްކޮށްފިއެވެ.

މުޅިއަކު ހަތް ލަވައާއެކު 'ފައިލަސޫފި' ރިލީޒްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. މި އަލްބަމް ރިލީޒްކޮށްދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާން އެވެ.

ޖޭޒް، ބްލޫސް އަދި ރެގޭ ސްޓައިލްގެ ލަވަތައް ހިމެނޭ މި އަލްބަމްގައި ގިނަ އާޓިސްޓުންތަކެއްގެ އަޑު އިވިގެންދެއެވެ. އޭގެތެރޭގައި ރާއްޖޭގެ މިހާރު އެންމެ ކާމިޔާބު ފަންނާނުން ހިމެނޭއިރު، ދާއިރާއަށް އާ އާޓިސްޓުންވެސް ހިމެނެއެވެ.

އެގޮތުން، 'ފައިލަސޫފި'ގެ ޓައިޓަލް ލަވަ ޔާމިން ރަޝީދު ކިޔާފައިވާއިރު، އަބްދުލް ރަޝީދު އަލީ (އަބްސީ)، ޝިފާ ތައުފީގް، ޕެނަމާ ޝަފީގް އަދި ޒާރާ މުޖްތަބާގެ ލަވަތައްވެސް އަލްބަމްގައި ހިމެނެއެވެ.

'ފައިލަސޫފި' އަލްބަމް

· ފައިލަސޫފި – ޔާމިން ރަޝީދު

· ޗުއްޕި ހައްޕު ތުކީ – އަބްސީ، ޝިފާ

· ގަނޑުވަރު މަނިކުފާނު – ޒާރާ

· ބްލޫޒް ނައިޓް – ޖައިޝާ

· މާވަހަރު – މައިސަން، އަލީފް

· އުކުޑި ބުކުނޑި – ސައިނާ

· ވައިލްޑް ފްލާވަރ – ޕަނަމާ ޝަފީގް

'ފައިލަސޫފި' އަލްބަމްގެ ލަވަތަކަށް ބަލާއިރު، ޖައިޝާގެ "ބްލޫޒް ނައިޓް" އާއި ޕަނަމާ ޝަފީގްގެ "ވައިލްޑް ފްލާވަރ"އަކީ އިނގިރޭސި ބަހުން ކިޔާފައިވާ ލަވަތަކެއްކަން ފާހަގަކުރެވެއެވެ.

މި އަލްބަމްއާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަމުން ޑިންބާ މިއުޒިކްގެ ބާނީއެއްކަމަށްވާ އަހްމަދު "އިޝާންޓެ" އިޝާން ބުނީ އަލްބަމާ މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި، ދިވެހި ގިނަ ފަންނާނުންނާއެކު މަސައްކަތް ކުރަން ލިބުމުން އުފާވާކަމަށެވެ. އަދި ހާއްސަކޮށް ޕެނަމާ ޝަފީގްއާއެކު މަސައްކަތް ކުރަން ލިބި، އޭނާގެ 40 ވަރަކަށް އަހަރުގެ ކެރިއަރގެ ފުރަތަމަ އަމިއްލަ ރާގުގެ ލަވަ ތައްޔާރުކުރުމަށް އެހީވެ ދެވުމުން ވަރަށް އުފާވާކަމަށް އިޝާންޓެ ބުންޏެވެ.

މީގެ އިތުރުން، އިޝާންޓޭ ވަނީ ލަވަކިޔުންތެރިންގެ އިތުރުން އަލްބަމްގައި މަސައްކަތް ކުރި އެހެން ފަންނާނުންގެ މަސައްކަތްތައްވެސް ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.

މިހާރު މި ލަވަތަކަށް މިއުޒިކް ވީޑިއޯ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިވަގުތު ކުރިއަށް ދަނީ ސްކްރިޕްޓް ތައްޔާރުކުތުމުގެ މަސައްކަތްކަމަށް އިޝާންޓެ ބުންޏެވެ.

ޑިންބާ މިއުޒިކްގެ 'ފައިލަސޫފި' އަލްބަމް މިހާރު ބައިސްކޯފް އެޕްއިން އަޑުއަހާލެވޭނެއެވެ.

"މިއުޒިކް ކުޅެ މިއުޒިކް ކުރިއަރުވަން" އިޝާންޓެ އުފެއްދި ޑިންބާ މިއުޒިކްއިން މިހާރު 16 އަލްބަމް ރިލީޒްކޮށްފައިވާއިރު، މިއީ "މިއުޒިކް ކުޅެ މިއުޒިކް ކުރިއަރުވަން" އޭނާ ފެށި މަސައްކަތެކެވެ. ހާއްސަކޮށް ދިވެހި އަމިއްލަ ތަފާތު މިއުޒިތަކެއް އުފެއްދުމުގެ މަގުސަދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 ޖެނުއަރީ 2020 | ބުދަ 20:51
ފަފަލަސީސު
ރެގޭ ނޫން އެއްޗެއް ކިޔާކަން ނޭގެނެ