ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 21:22
ސުދީޕް އާއި ސަލްމާން
ސުދީޕް އާއި ސަލްމާން
އިންސްޓަގްރާމް
ސަލްމާން ޙާން
ސައުތް އެކްޓަރ ސުދީޕް އަށް، ސަލްމާންގެ ހަދިޔާއެއް
ސުދީޕް އަކީ ކަންނަޑާގެ މަޝްހޫރު ތަރިއެއް
މީގެ ކުރިން ހަދިޔާ އަކަށް ލިބުނީ ސަލްމާންގެ ޖެކެޓެއް
ދަބަންގް 3 އިން ސުދީޕް ފެނިގެންދޭ

އެކްޓަރު ސަލްމާން ހާން ފާހަގަވެފައިވަނީ އޭނާގެ އާއިލާއަށާއި ގާތް ރައްޓެހިންނަށް އަބަދުވެސް ތަފާތު ހަދިޔާ ދޭ ތަރިއެއްގެ ގޮތުގައެވެ. ދާދި ފަހުން ސަލްމާން މި ވަނީ އަނެއްކާވެސް އެފަދަ ހަދިޔާއެއް ދީފައެވެ.

މި ފަހުރު ސަލްމާންގެ ހަދިޔާ ލިބުނީ ކަންނަޑާ އެކްޓަރު ކިއްޗާ ސުދީޕްއަށެވެ. ސުދީޕް ވަނީ އޭނާ އަށް ލިބުނު ބީއެމްޑަބްލިއު އެމް ފައިވް މަރުކާގެ ކާރު އިންސްޓަގްރާމް ގައި ޝެއާކުރަމުން ސަލްމާންއަށް ޝުކުރު އަދާކޮށްފައެވެ. ސަލްމާން ވަނީ ސުދީޕްގެ ގެއަށް ޒިޔާރަތްކޮށް އެ ކާރާއިއެކު ފޮޓޯވެސް ނަގާފައެވެ.

ސުދީޕް އަށް ލިބުނު ''ސަޕްރައިޒް'' އާއެކު އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ގެއަށް ޒިޔާރަތް ކުރިކަމަށްޓަކައި އޭނާ ވަނީ ސަލްމާން އަށް ޝުކުރުއަދާކޮށްފައެވެ. ދަބަންގް 3 ގައި ވިލަންގެ ރޯލު ކުޅެފައިވާ ސުދީޕްއަށް ސަލްމާން ވަނީ މީގެކުރިން ހަދިޔާއަކަށް ޖެކެޓެއްވެސް ދީފައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ނެރެނު ދަބަންގް 3 ވަނީ 200 ކްރޯޑް ރުޕީސްގެ އާމްދަނީ އެއް ހޯދާފައެވެ.

ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ބިރު ކުޑަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

"ދަބަންގް 3" ގަވެސް ސަލްމާނުގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މި ފްރެންޗައިޒްގައި ސަލްމާނާ އެކު ފެނިގެން ދިޔަ ތަރި ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމުގަ މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ، ސަލްމާނުގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. މި ފިލްމަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

- ކޮމެންޓް