ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 12:54
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހަކު ކުއްތާއެއް ހިފައިގެން ހަރަކާތްތެރިވަނީ
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހަކު ކުއްތާއެއް ހިފައިގެން ހަރަކާތްތެރިވަނީ
ޕޮލިސް
ޕޮލިސް
ވައިގެ މަގުން ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
 
ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި، ބ. އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާ އަދި ދަރަވަންދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ވައިގެމަގުން ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު 23:58 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދަރަވަންދޫ އެއަރޕޯޓުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަހުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް