އިންޑިއާގެ މަޝްހޫރު ތަރި ސަލްމާން ހާން އާއި ޑައިރެކްޓަރ ކަބީރްހާންއާ ދެ މީހުން ފިލްމެއްގެ މަސައްކަތްކުރުމަކީ އަަބަދުވެސް ފޭނުންގެ ޝައުގުވެރިކަން އެކަމަކަށް ހުއްޓޭކަމެކެވެ.
ސަލްމާންގެ ކާމިޔާބު ފިލްމުތައްކަމަށްވާ ބަޖްރަންގް ބައިޖާން އާއި އެކްތާ ޓައިގަރ ފަދަ ފިލްމުތަކަކީ ކަބީރްހާން ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކެކެވެ. އަދި ސަލްމާންގެ ޓިއުބް ލައިޓްއަކީވެސް ކަބީރްހާންގެ ޑައިރެކްޝަނެކެވެ. މިހާރު އަޑު ފެތުރޭ ގޮތުން ސަލްމާންއާ ކަބީރް ދަނީ އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދާދި ފަހުން ކަބީރް ވަނީ އިތުރު ފިލްމެއް ހެދުމުގެ ހިޔާލު ސަލްމާން އާ ހިއްސާކޮށްފައެވެ. އަދި ސަލްމާން އަށް އެ ހިޔާލު ކަމުދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ގަބޫލުކުރެވޭ ގޮތުން ފިލްމުގެ ސްކްރީން ޕްލޭ އާ ސްކްރިޕްޓް ސަލްމާން އަށް ހުށައަޅާފިއްޔާ ދެ މީހުން އެކުގައި މަސައްކަތްކުރުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަލްމާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ''ދަަބްން 3'' އިންނެވެ. ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމުގައި ސަލްމާން ފެނިގެންދަނީ ބިރު ކުޑަ ސިފައިންގެ މީހެއްގެ ރޯލުންނެވެ.
"ދަބަންގް 3" ގައިވެސް ސަލްމާނުގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ މި ފްރެންޗައިޒްގައި ސަލްމާނާ އެކު ފެނިގެން ދިޔަ ތަރި ސޯނާކްޝީ ސިންހާ (ރާއްޖޯ) އެވެ. ކޮއްކޮގެ ރޯލުން ފެނިގެންދާނީ އަރުބާޒް ޚާން (މާކިޗަންދް ޕާންޑޭ) އެވެ. މި ފިލްމުގަ މަހޭޝް މަންޖޭކަރުގެ އަންހެން ދަރިފުޅު ސާއީ، ސަލްމާނުގެ ކުޑައިރުގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދެއެވެ. މި ފިލްމަކީ ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.