ރާއްޖޭގެ ގައުމީ އެއާލައިންގެ ފުލައިޓް ޑިލޭވެގެންނާއި ކެންސަލްވެގެން ދިވެހިންތަކެއް އިންޑިއާގެ ކޮޗިންގެ އެއާޕޯޓުގައި ނުފުރި ތާށިވެއްޖެއެވެ.
އިންޑިއާގެ ކޮޗިން އެއަރޕޯޓުގައި، ރާއްޖެ އައުމަށް ގާތްގަޑަކަށް ދިވެހިންގެ 3 ގުރޫއްޕެއް ތިބިއިރު އަންގާރަދުވަހު ސްކޫލަށް ނުކުންނަންޖެހޭ ގިނަ އަދަދެއްގެ ޓީޗަރުން ތިބި ކަމަށް ކޮޗިން އެއާޕޯޓުގައި ހުރި މީހަކު "ރާއްޖެއެމްވީ" އަށް ވަނީ މައުލޫމާތު ދީފައެވެ. އޭނާ ބުނީ ރޭ ފަތިހު 5:30 ގައި އެއަރޕޯޓަށް ފުރަން ދިޔަގޮތަށް ގިނަ ބަޔަކު ތިބީ ނުފުރިފައި ކަމަށާއި، ފުލައިޓްތައް ޑިލޭވަމުން ގޮސް މިހާރު ފުރޭނެ އިރެއްވެސް ނޭނގޭ ކަމަށެވެ.
އޭނާ ބުނީ ފަތިހު ފުރަން އިން ފުލައިޓް މިރެއަSq ޑިލޭވެގެން ދިޔައިރު، އެހެން ފުލައިޓްތައް ވެސް ޑިލޭވަމުންދާ ކަމަށެވެ. އަދި ފުރޭނެ އިރެއްވެސް ނޭނގޭ ކަމަށް އޭނާ މައުލޫމާތުދިނެވެ.
އޭނާ ބުނީ ކުރިން ފުރަން އޮތް ފުލައިޓް ކެންސަލްވެގެން މޯލްޑިއަން އިން ކެއުމާއި ހުރުން ދިފައިވާ ކަމަށާއި، އަދި ފަހުން ފުރަން ހަމަޖެހުނުކަން އަންގާ އިރުއޮއްސި 6:30 ހާއިރު ގެނެސް ޗެކިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ފުރޭނެ އިރެއް ޔަގީން ނުވާ ކަމަށް އޭނާ ބުންޏެވެ.
މޯލްޑިވިއަން އިން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ބުނީ ފުލައިޓްތައް ޑިލޭވަމުންދާ ކަމަށާއި، އެއީ ގަސްދުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން ކަމަށާއި، ވީހާ ވެސް އަވަހަކަށް އިންޑިއާގައި ތާށިވެފައި ތިބި މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ފުލައިޓްތައް ޑިލޭވަނީ ބާރުބޮޑުވުމުގެ ސަބަބުން ކަމަށެވެ.
ރަންވޭގެ މަސައްކަތަށް ރޭގަނޑުގެ ބައެއްގައި ރަންވޭގެ ބައެއް ބަންދުކުރުމުން ފުލައިޓްތައް ރޭގަނޑު ނުޖައްސައެވެ. އަދި ދުވާލުގަނޑީގައި ފުލައިޓްތައް ޖައްސާއިރު، މި ދުވަސް ވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށް ވުމުން، ބައެއް ފުލައިޓްތަކަށް ބޮޑެތި ޑިލޭތައް އަންނަމުންދެއެވެ.