ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 23:34
އަދިތްޔާ ރޯއި ކަޕޫރް އާއި ޖޯން އަބްރަހަމް
އަދިތްޔާ ރޯއި ކަޕޫރް އާއި ޖޯން އަބްރަހަމް
ބޮލީވުޑް ހަންގާމާ
އޭކް ވިލަން 2
އޭކް ވިލަންގެ ދެވަނަ ބައިގައި ޖޯން އާއި އަދިތްޔާ ރޯއި ކަޕޫރް
އޭކް ވިލަން ރިލީޒް ކުރީ 2014 ވަނަ އަހަރު
ކުރީ ފިލްމާއި މި ފިލްމު ތަފާތުވެގެންދާނެ: ރިޕޯޓް
އަންހެން ތަރިޔަކު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

2014 ވަނަ އަހަރު ނެރުނު މޯހިތް ސޫރީގެ ފިލްމު އޭކް ވިލަންގެ ދެވަނަ ބައި ''އޭކް ވިލަން 2'' ގައި ފެނިގެންދާނީ ޖޯން އަބްރަހަމް އާއި އަދިތްޔާ ރޯއި ކަޕޫރްކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ބޮލީވުޑް ހަންގާމާގައި ރިޕޯޓްކޮށްފައިވާގޮތުން އޭކް ވިލަންގެ ސީކުއަލް ކުޅެން ޖޯން އެއްބަސްވެފައިވާކަމަށެވެ. އެ ފިލްމުގައި އޭނާއާއެކު ދެން ފެނިގެންދާނީ އަދިތްޔާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސިދާތް މަލްހޯތްރާ އާއި ޝްރައްދާ ކަޕޫރް އާއި ރިތޭޝް ދޭޝްމުކް ކުޅެފައިވާ އޭކް ވިލަންއަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

އޭކް ވިލަން 2 ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރް އާއި އެކްތާ ކަޕޫރްއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭކް ވިލަންގެ ސީކުއެލްގައި ފެނިގެންދާނީ މުޅިން އާ ވާހަކައެކެވެ. އޭގެތެރޭގައި ލޯބީގެ ބައިތައްވެސް ހިމެނޭނެއެވެ. ފިލްމު އުފައްދާ ފަރާތުންދަނީ ފުންނާބުއުސް އަންހެން ބަތަލާއަކު ފިލްމަށްހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖޯންއާ އަދިތްޔާ ފިލްމަށް ސޮއިކޮށްފައިވަނީ ދާދި ފަހުންނެވެ. ފިލްމުގެ އަމަލީ މަސައްކަތް ފަށަނީ، ފިލްމުގެ ހުރިހާ ތަރިންވެސް ފައިނަލްވުމުންނެވެ.

މޯހިތް ސޫރީ މިހާރު މަސައްކަތް ކުރަމުންދަނީ އަދިތްޔާ ރޯއި ކަޕޫރް އާއި، ދީޝާ ޕަޓާނީއާ ކުނާލް ކެމޫ ފެނިގެންދާ މަލަންގް ރިލީޒް ކުރުމުގެ ފަހުގެ ތައްޔާރިތައްވަމުންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

- ކޮމެންޓް