ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 09:01
ދީޕިކާ އާއި ރަންވީރު
ދީޕިކާ އާއި ރަންވީރު
ޓައިމްސް އޮފް އިންޑިއާ
ދީޕިކާ
ދީޕިކާގެ ފިރިމީހާ، ދީޕިކާއަށް އުފަންދުވަހުގެ ތަހުނިޔާ ކީ ދީޕިކާގެ ކުޑައިރުގެ ފޮޓޮއަކުން
މިއީ ދީޕިކާގެ 34 ވަނަ އުފަންދުވަސް
ދީޕިކާ ވަނީ އޭނާގެ އުފަންދުވަސް ޗަޕާކްގެ ފިލްމު ކްރޫ އާއެކުވެސް ފާހަގަކޮށްފައި

ރަންވީރު ސިންގ އާއި ދީޕިކާ ޕަދުކޯން އަކީ ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ އެއް ޖޯޑެވެ.

އާދީއްތަ ދުވަހު ދީޕިކާގެ 34 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާއިރު، އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި ރަންވީރު ސިންގ ދީޕިކާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވަނީ ދީޕިކާގެ ކުޑައިރުގެ ފޮޓޮއަކުންނެވެ. އިންސްޓެގްރާމަށް ދީޕިކާގެ ކުޑައިރުގެ ފޮޓޮއެއް ޕޯސްޓުކުރަމުން ރަންވީރު ބުނެފައިވަނީ "ހެޕީ ބާރތްޑޭ ޓު މައި ލިޓްލް މާރޝްމެލޯ" އެވެ. އެފޮޓޯގަ ދީޕިކާ ޓެގް ކުރީ، ކުޑަކުއްޖަކާއި ހިތެއް އިން އެމޯޖީއެއްވެސް ފޮޓޯގެ ކެޕްޝަންގައި ހިމަނައިގެންނެވެ.

މީގެއިތުރުން ދީޕިކާ ވަނީ އޭނާގެ އުފަންދުވަސް ޗަޕާކްގެ ފިލްމު ކްރޫ އާއެކުވެސް ފާހަގަކޮށްފަ އެވެ. އަދި އެސިޑް ޙަމަލާތަކުން ސަލާމަތްވެފައިވާ ފަރާތްތަކުން ލަކްނޯގައި ހިންގާ ކެފޭގައިވެސް ދީޕިކާވަނީ އެމީހުންނާއެކު އުފަންދުވަހުގެ ކޭކް ފަޅާފަ އެވެ.

ދީޕިކާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން މިއަހަރު އެންމެ އަވަހަށް ނިކުތުމަށް ހަމަޖެހިފައިވަނީ ޗަޕާކް އެވެ. އެއީ މިޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.

- ކޮމެންޓް