ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:34
އެމްޑީޕީގެ ސަޕޯޓަރުންތަކެއް
އެމްޑީޕީގެ ސަޕޯޓަރުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕީ
އެމްޑީޕީ ތިލަދުންމަތި ދަތުރު މި މަހު 12 ގައި!
 
ޖުމްލަ 300 މެމްބަރުންނަށް ޖާގަދިނުމަށް ވަނީ ހަމަޖެހިފައި
 
ތިލަދުންމަތީގައި ހިމެނެނީ ހއ އަތޮޅުގެ ރަށްތަކާއި ހދ އަތޮޅުގެ ރަށްތައް
 
މި ދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރައްޔިތުންނާއި ބައްދަލުކުރުން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން މިހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ތިލަދުންމައްޗަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަަމަށް އެ ޕާޓީން ބުނެފިއެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުން ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، ޖެނުއަރީ 10 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން އެޕާޓީގެ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށައެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތީގައި ހިމެނެނީ ހއ އަތޮޅުގެ ރަށްތަކާއި ހދ އަތޮޅުގެ ރަށްތަކެވެ. އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ، މި ދަތުރުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ދަތުރުގައި ބައިވެރިވުމަށް ބޭނުންވާ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ޖުމްލަ 300 މެމްބަރުންނަށް ޖާގަދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ މެމްބަރަކަށްވެސް 100 ރުފިޔާއަށް ޖާގަ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އާ އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް