ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 23:11
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
ގޫގުލް
ސިންގްހަމް 3
ސިންގްހަމް ތިނެއްގެ މަސައްކަތް ކުރިޔަށްދާކަމުގެ އިޝާރާތެއް އަޖޭ ދީފި
ފިލްމު ހެދުމުގެ މަސައްކަތާއިގެން ކުރިޔަށްދާނަން: އަޖޭ
އަޖޭ މިހާރު އުޅެނީ ''ތަންހާޖީ: ދަ އަންސަންގް ވޭރިޔާ'' ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި
ސިންގްހަމް އެކެއް ނެރެފައިވަނީ 2011 ވަނަ އަހަރު

އަޖޭ ދޭވްގަންގެ ފޭނުން މިހާރު އެންމެ ބޮޑު އިންތިޒާރުކޮށްގެން ތިބީ ސިންގްހަމްގެ އިތުރު ފިލްމެއް ރިލީޒް ކުރާނެ ތާރީހަކަށެވެ.

ސިންގްހަމް ތިނަކާއި ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަޖޭ ބުނީ، ސިންގްހަމް ތިނެއްވެސް ފެންނާނެ ކަމަށާއި، އެކަމަކު މިހާރު ކުރިޔަށްދަނީ ގޯލްމާލް ފިލްމުގެ މަސައްކަތް ކަމަށެވެ. އޭގެ ފަހުން ސިންގްހަމް ހެދުމުގެ މަސައްކަތާއިގެން ކުރިޔަށްދާނެ ކަމަށް އަޖޭ ބުންޏެވެ.

މި ދުވަސްކޮޅު އަޖޭ އުޅެނީ އޭނާގެ ކުރިޔަށް އޮތް ފިލްމު ''ތަންހާޖީ: ދަ އަންސަންގް ވޭރިޔާ'' ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ ޗައްތަރަޕަތީ ޝިވާޖީ މަހަރާޖާ މަރާތާ ސިފައިންގެ ފައުޖުގައި އުޅުނު ތޫނުފިލި ލީޑަރެއް ކަމަށްވާ ތަންހާޖީ މަލުސޭރްގެ ހަޔާތަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެފަދަ ފިލްމެއް ހަދަން އަޖޭ ނިންމީ ތަންހާޖީއާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ފޮތްތަކުގައި ނެތުމުންނެވެ.

ކުރީ ޒަމާނުގައި ހިނގާފައިވާ ހާދިސާގެ މައްޗަށް ބިނާކޮށް ފިލްމުތައް ހެދުމަކީ މިހާރު ބޮލީވުޑްގައި މަޝްހޫރު ޓްރެންޑެކެވެ. އެކަމަކު އަޖޭ ބުނީ، ''ތަންހާޖީ: ދަ އަންސަންގް ވޭރިޔާ'' ހަދަން ނިންމީ އެއްވެސް ގޮތަކަށް ޓްރެންޑަކަށް ބަލައިގެނެއް ނޫނެވެ.

- ކޮމެންޓް