ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 23:57
މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އެހެން މީހަކު އެހީތެރިވެދެނީ
މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އެހެން މީހަކު އެހީތެރިވެދެނީ
ޓްވިޓަރ
އެކްސިޑެންޓް
މިސްކިތައް ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖައްސާފަ ފިލި މީހަކު ހޯދަނީ
 
އެކްސިޑެންޓްވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވޭ

ބުރާސްފަތި ދުވަހުގެ ރޭ ފުރުޤާން މިސްކިތު ކުރިމަތިން އޮންނަ ކަފިހި ހުރަސް، ހުރަސްކުރި މީހެއްގެ ގައިގަ ސައިކަލަކުން ޖެއްސުމަށްފަހު ފިލި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ 7:38 ހާއިރު، ފުރުގާން މިސްކިތް ކައިރި ކަފިހި ހުރަސްމަތިން މިސްކިތައް ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގަ ސައިކަލުން ޖައްސާ އެކްސިޑެންޓްކޮށް ސައިކަލް ދުއްވި މީހާ ސައިކަލުގައި ފިލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސްފައިވާތީ، އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. ފުލުހުން ބުނީ އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

މީގެ އިތުރުން ފުލުހުން ސީސީޓީވީ ފުޓޭޖް ބަލައިގެން އެކްސިޑެންޓް ކޮށްފަ ފިލި މީހާ ދުއްވި ސައިކަލު ހޯދުމަށްފަހު ސައިކަލް ޓޯވކޮށް ސައިކަލު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
2%
62%
16%
2%
4%
ކޮމެންޓް