ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 23:25
ކަނޑުމަތީގެ އެކްސިޑެންޓެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ
ކަނޑުމަތީގެ އެކްސިޑެންޓެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ދޮންފަނު ކައިރިން ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ހަރަކާތްތެރިވާން ފަށައިފި
 
ގެއްލުނުި މީހާއާ ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފަށް މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑިއެފުން ވަނީ އެދިފަ
 
އެކްސިޑެންޓުވީ ބުރާސްފަތި ދުވަހުގެ ރޭ 7:07 ކަން ހާއިރު
 
އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އާންމުންނާއި ކައިރި ރިސޯޓުތަކުން ވެސްދަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން

ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގަ ޑިންގީން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ޑިންގީގައި ތިބި 3 މީހުންގެ ތެރެއިން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުންގެ އިތުރުން، އެމްއެންޑީއެފްގެ ކޯސްޓްގާޑު ލޯންޗާއި، ޕޮލިސް ލޯންޗުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ އުޅަނދު އަދި ކައިރި ރިސޯޓުތަކުގެ އުޅަނދުވެސް ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާތަނަށް ކުރި މަސައްކަތުން އެމީހާ ހޯދިފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނީ އެކްސިޑެންޓްވިކަމަށް ލަފާކުރެވެނީ ފަރު ކައިރިން ކަމަށާއި، އެ ޞަރަޙައްދުން މަސްބާނާ ކަންވާރުތަކެއް ފެނިގެން ފަރު ކައިރި ވެސް ބަލާ ފާސްކުރަމުންދާ ކަމަށެވެ. އަދި ޑިންގީގައި ހުރި ބައެއް ސާމާނުކަމަށް ބެލެވޭ ތަކެތި އޮޔާދިޔަތަން ވެސް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށާއި، އޭނާ ހޯދުމަށް ލިބެންހުރި ހުރިހާ ވަޞީލަތްތަކެއްގެ ބޭނުންކުރަމުންދާ ކަމަށެވެ. އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓަގާޑުގެ ނަންބަރު 191 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑިއެފުން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ޞަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ވެސް އެމީހާ ގެއްލުނު ހިސާބު ބަލައި ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ 7:07 ކަން ހާއިރު، ބ. ދޮންފަނު ކައިރިން އެކްސިޑެންޓް ވެފައިވަނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންޑީއަކާއި އެ އަތޮޅު އޭދަފުށީ ލޯންޗެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޑިންގީ އަޑިއަށް ގޮސްފައިވާ އިރު، އޭގައި ތިބި މީހުން ނަގާފައިވަނީ އެކްސިޑެންޓުވި ލޯންޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް