ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 20:10
އެކްސިޑެންޓް ހިނގި ސަރަހައްދު
އެކްސިޑެންޓް ހިނގި ސަރަހައްދު
އެމްޑީޕީ
ޕޮލިސް
ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި
 
ގެއްލިގެން ހޯދަމުންދަނީ ޑިންގީގައި ތިބި 4 މީހުންގެ ތެރެއިން އެކަކު، ޑިންޑި އަޑިއަށް ގޮސްފި

ބުރާސްފަތި ދުވަހުގެ ރޭ 7:07 ކަން ހާއިރު، ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޑިންގީގައި ތިބި 4 މީހުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ފިރިހެނެއް ކަމަށެވެ. އަދި ފުލުހުންގެ އިތުރުން ޢާންމުންނާއި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު އެމީހާ ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ވެފައިވަނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންޑީއަކާއި އެ އަތޮޅު އޭދަފުށީ ލޯންޗެއް ކަމަށެވެ. ފުލުހުން ބުނީ ޑިންގީގައި ތިބި 4 މީހުންގެ ތެރެއިން އެކަކު ފެނިފައި ނުވާ އިރު އަނެއް 3 މީހުން އެކްސިޑެންޓްވި ލޯންޗަށް ނަގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
10%
80%
10%
0%
0%
ކޮމެންޓް