ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:27
އެމްޑީޕީގެ އޮފީހުގައި ކައުންސިލް ޕްރައިމަރީގެ ފޯމް ބަލައިގަންނަނީ
އެމްޑީޕީގެ އޮފީހުގައި ކައުންސިލް ޕްރައިމަރީގެ ފޯމް ބަލައިގަންނަނީ
އެމްޑީޕީ
އެމްޑީޕީ
ހުކުރު ދުވަހު ވެސް ޕްރައިމަރީގެ ފޯމު ބަލައިގަންނާނަން: އެމްޑީޕީ
 
ހުކުރު ދުވަހު ފޯމް ބަލައިގަންނާނީ މެންދުރު 2:00 އިން ހަވީރު 6:00 އަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގަ ވާދަ ކުރާ ފަރާތްތަކުގެ ފޯމް ހުކުރު ދުވަހު ވެސް ބަލައިގަންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމު ބަލައިގަތުން ހުކުރު ދުވަހުގެ މެންދުރު 2:00 އިން ހަވީރު 6:00 އަށް އެމްޑީޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގަ ކުރިއަށްދާނެ ކަމަށެވެ.

ހޯމަ ދުވަހު އެޕާޓީން ކޮށްފައިވާ އިޢުލާނެއްގަ ވަނީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގަ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލް އިންތިޚާބަށް ޕާޓީގެ ޓިކެޓު ހޯދަން ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހޯމަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އަދި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ޕާޓީގެ މެންބަރުންނަށް، އެ މެންބަރަކު ކުރިމަތިލާން ބޭނުންވާ ދާއިރާއަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށް ފަހު، ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން ޢާންމުކޮށް ހުޅުވާލާފައިވެއެވެ.

އެމްޑީޕީން މަޢުލޫމާތުދިން ގޮތުގައި، އިންތިޚާބުގައި މަޤާމުތަކަށް ކުރިމަތިލެވޭނީވެސް، އަދި ވޯޓުލެވޭނީވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ނިޔަލަށް ޕާޓީގެ މެންބަރޝިޕް ކޮމިޓީން މެންބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ޕާޓީގެ މެންބަރުންނަށް ކަމަށެވެ.

އެމްޑީޕީން ކުރިން ބުނެފައިވަނީ ޕްރައިމަރީގަ ވޯޓުލެވޭ މީހުންގެ ލިސްޓު މި މަހުގެ ހަތްވަނަ ދުވަހު ޢާއްމުކުރާނެކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް 03 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ކެންޑިޑޭޓުންގެ ލިސްޓު 13 ޖެނުއަރީވާ ހޯމަ ދުވަހު ޢާންމުކުރާނެ ކަމަށެވެ.

އެމްޑީޕީން ބުނީ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު ޢާންމު ކުރާނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އާ އިޞްލާޙުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް