ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:38
އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ރާއްޖެ އެމްވީ
ފައްޔާޒު
ފަރުތަކަށް ގެއްލުންދޭ ސަން ކްރީމް ރާއްޖެ އެތެރެކުރުން މަނާކުރުމާ މެދު ވިސްނަނީ
 
ޕަލާއު އިން މަނާކޮށްފައިވަނީ ފަރުތަކަށް ގެއްލުންދޭ ވިހަ ކެމިކަލް ހިމެނޭ ބާވަތްތައް އެކުލެވޭ ސަން ކްރީމް

ފަރުތަކަށް ގެއްލުންދޭ ސަން ކްރީމް ރާއްޖެ އެތެރެކުރުމާމެދު ވިސްނާވަޑައިގަންނަވާނެކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ ރާއްޖެ ގޮތަށް ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޕަލާއު އިން، ފަރުތަކަށާއި ކަނޑުތަކުގެ ދިރުންތަކަށް ގެއްލުންދޭ ވިހަ މާއްދާ ހިމެނޭ ސަންކްރީމް އެތެރެކުރުން މަނާކުރުމާއި ގުޅިގެން ބީބީސީގައި ލިޔެފައިވާ ޚަބަރެއް ރިޓްވީޓް ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ޕަލާއުކޭ އެއްގޮތަށް ރާއްޖޭގައި ވެސް މިގޮތަށް ޢަމަލުކުރަން ވިސްނުމާމެދު ސީރިއަސްގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕަލާއުއަކީ ފަރުތަކަށް ގެއްލުންދޭ ސަން ކްރީމް އެތެރެކުރުން މަނާކުރި ފުރަތަމަ ގައުމެވެ. އެގައުމަށް ސަން ކްރީމް އެތެރުން މަނާ ކުރާނެކަން އިޢުލާންކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މަނާކުރީ ވަކި ވައްތަރެއްގެ 10 ބާވަތެއް އެކުލެވޭ ސަން ކްރީމެވެ.

ބައިނަލްއަޤުވާމީ މުރަކަފަރުތަކާބެހޭ ފައުންޑޭޝަނުން ބުނީ މަނާކުރި ވިހަ ކެމިކަލްތެރޭގައި ހިމެނެނީ ތިމާވެއްޓަށް ގެއްލުންދޭ ބާވަތްތައް ކަމަށެވެ.

ޕަލާއުގެ އިތުރުން އެމެރިކާގެ ހަވާއީން ވެސް ވަނީ ފަރުތަކަށް ނުރައްކާތެރި ސަން ކްރީމް މަނާ ކުރަން ނިންމާ އެއަށް އަންނަ އަހަރު ޢަމަލުކުރަން ފަށާނެކަން ހާމަކޮށްފައެވެ. މީގެ އިތުރުން ޔޫއެސް ވާރޖިން އައިލެންޑްސްގައި ވެސް އަންނަ މާޗު މަހުން ފެށިގެން އެފަދަ ޤާނޫނަކަށް ޢަމަލު ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
2 ޖެނުއަރީ 2020 | ބުރާސްފަތި 21:23
ކޮކްނަޓް އޮއިލްދޯ ދެން
ކޮކްނަޓް އޮއިލްދޯ ދެން