ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:24
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ޙުސައިން މަޚްތޫމް
ފާނަ އާލާކުރުން
އަރިއަތޮޅުގެ 4 ރަށެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ
 
އެކުއާ ކަލްޗާ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރާނެކަމަށް މިނިސްޓަރ ވިދާޅުވި
 
ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ފުޅާކޮށް އިތުރު ފަރާތްތަކާއެކު މަސައްކަތް ފަށާނެކަމަށް މިނިސްތަރ ވިދާޅުވި
 
ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކާ ހަމައަށް މި މަސައްކަތް ގެންގޮސްދިނުން

އަރިއަތޮޅުގެ 4 ރަށެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގަ ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ އެކުއާ ކަލްޗާއަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރާނެ ކަމަށެވެ. އަދި އަންނަ ހަފުތާގަ ފިޝަރީޒް މިނިސްޓްރީން އަރިއަތޮޅުގަ ފާނަ ބޮޑު ކުރުމަށްޓަކައި 4 ރަށެއްގެ މީހުންނާއެކީ މަސައްކަތް ފަށާނެ ކަމަށެވެ.

މަހިބަދޫ، ދަނގެތި އޮމަދޫ އަދި އިތުރު ރަށެއްގައި. މި 4 ރަށުގެ މީހުންނާއެކީގައި ފާނަ އާލާކުރުމުގެ މަސައްކަތް ފެށޭނެ. ދެން އެމީހުންނަށް ކޮށި ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާނީ. މި މަސައްކަތް އަޅުގަނޑުމެން ބޭނުންވަނީ މީހުންނަށް ދަސްކޮށްދީފައި މިގޮތަށް އިތުރު މީހުންނާ ގުޅިގެން މަސައްކަތް ކުރަން،
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ ހުއިފިލަނޑާގެ މަސައްކަތެއް މިނިސްޓްރީން ލ. އަތޮޅުގައި ފަށާފައިވާނެ ކަމަށާއި، އެމަޝްރޫޢު ހުއްޓުމާއެކު އެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމަށް ޝައުޤުވެރިވާ ބޭފުޅުން ތިބިކަމުގައި ވާނަމަ، މިނިސްޓްރީން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ފުޅާކޮށް އިތުރު ފަރާތްތަކާއެކު މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަނިޔަފުށީގެ ޓްރްއިނިންގ ސެންޓަރުގެ މަސައްކަތްތައް ކުރިއަށް އެދަނީ. އަދި މާނާގަލާގައި އަޅުގަނޑުމެންގެ ހެޗަރީގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިމިފައިވަނީ. އެހެންކަމުން މެރިކަލްޗާ ސިނާއަތަށް ބޭނުންވާ ކަންކަން ފަހިވެގެން މިދަނީ،
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު

ފާނަ އާއި ހުއިފިލަނޑާ އާލާ ކުރަން ގއ. މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވަނީ ގދ. ތިނަދޫގަ ބޭއްވި “ޖަޒީރާ ހޮޅުއަށީ” ގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މިނިސްޓަރ ވިދާޅުވީ ވޯރލްޑް ބޭންކްގެ އެހީގައި މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށާ، މި ތަނުގައި އާލާ ކުރާނެ އެންމެ ޚާއްޞަ ބާވަތަކީ ފާނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކ. މަނިޔަފުށީގައި ޓްރެއިނިން ސެންޓަރަކީ ކުދި ދިރުންތައް އާލާ ކުރުމާއި ފަޅުގޮވާން ކުރުމުން ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
17%
50%
0%
17%
0%
17%
ކޮމެންޓް
4 ޖެނުއަރީ 2020 | ހޮނިހިރު 21:26
ޔުމް
އެއްވެސްކަމެއްދާއިމީކޮށް ކުރެވި ފަވޭބާ؟؟
3 ޖެނުއަރީ 2020 | ހުކުރު 09:17
ޥެދުން
ފިސަރީޒް މިނިސްޓްރީ އޮންނަތާ ކިތައް އަހަރު ވެއްޖެ ރާއްޖޭގަ. ޢެވެސް އެއްޗެއް މެރިކަލްޗާ ކުރެއްވިއްޖެބާ ލަޑާދޮންބެ ކުރިކަމެއް ކުރީވެސް އެކަމަކު ކިޔަވައިގެން ތިބި މީހުންތިބީ މިނިސްޓްރީގަ މިވާގޮތެއް ނޭގެ. އެހެނަސް ދަނޑުވެރިކަމުގެ ދާއިރާއިން ތަފާތުފެނޭ މިހެންމިވަނީ ކީއްވެބާ. މައްސަލައެއް އެބައުޅޭ ދޯ