ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 18:30
ގުޑް ނިއުޒް ޕޯސްޓަރ
ގުޑް ނިއުޒް ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ގުޑް ނިއުޒް 100 ކްރޯޑް ކްލަބަށް!
. މިފިލްމަށް މިހާތަނަށް ޖުމްލަ ވަނީ 117.10 ކްރޯޑް ރުޕީސް ލިބިފައި
މި ފިލްމް 100 ކްރޯޑް ކްލަބުން ޖާގަ ހޯދާފައި މި ވަނީ ފިލްމް ރިލީޒް ކުރިތާ 6 ދުވަސްތެރޭގައި
މިދިޔަ އަހަރު ނެރުނު އަކްޝޭގެ އެންމެ ކާމިޔާބު ފިލްމަކީ "މިޝަން މަންގަލް"

އިންޑިއާގެ ބޮލީވުޑްގަ، މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ގުޑް ނިއުޒް" ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.

އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާިއި، ކިއާރާ އަދުވާނީ އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަން ލީޑްރޯލުން ފެނިގެންދިޔަ މި ފިލްމު 100 ކްރޯޑު ކްލަބުން ޖާގަ ހޯދާފައި މިވަނީ ފިލްމު ރިލީޒް ކުރިތާ 6 ދުވަސްތެރޭގައެވެ. މިފިލްމަށް މިހާތަނަށް ވަނީ ޖުމުލަ 117.10 ކްރޯޑް ރުޕީސް ލިބިފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓުގައިވާ ގޮތުން މި ފިލްމު ރިލީޒް ކުރި ހުކުރު ދުވަހު ފިލްމަށް ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17.56 ކްރޯޑް ރުޕީސްއެވެ. ހޮނިހިރު ދުވަހު 21.78 ކްރޯޑް ރުޕީސް، އާދިއްތަ ދުވަހު 25.65 ކްރޯޑް ރުޕީސް، ހޯމަ ދުވަހު 12.41 ކްރޯޑް ރުޕީސް، އަންގާރަ ދުވަހު 16.20 ކްރޯޑް ރުޕީސް އަދި ބުދަ ދުވަހު 22.50 ރުޕީސް ވަނީ ލިބިފައެވެ.

ތަރަން ވަނީ ''ގުޑް ނިއުޒް'' އާއި މިދިޔަ އަހަރު ނެރުނު އަކްޝޭގެ އެހެން ފިލްމުތަކަށް ލިބުނު ޢާމްދަނީގެ ފަރަޤުވެސް ހިއްސާކޮށްފައެވެ.

އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އަކްޝޭގެ މިޝަން މަންގަލް އެވެ. މިޝަން މަންގަލް އަށް ވަނީ 202 ކްރޯޑް ޢާމްދަނީއެއް ލިބިފައެވެ. ދެވަނަ ގައި ވަނީ "ހައުސްފުލް 4" އެވެ. މި ފިލްމަށް ވަނީ 194 ކްރޯޑް ރުޕީސް ލިބިފައެވެ. ތިންވަނަ އަށް އެންމެ ބޮޑު ޢާމްދަނީ އެއް ލިބިފައިވަނީ ފިލްމު "ކޭސަރި" އަށެވެ. މި ފިލްމަށް ލިބިފައިވަނީ 154 ކްރޯޑް ރުޕީސް އެވެ.

ހެއްވާ މަޖާ ފިލްމު ގުޑް ނިއުޒް ޑައިރެކްޓް ކޮށްފައިވަނީ ރާޖް މެހެތާއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ހިރޫ ޔާޝް ޖޯހަރް، އަރުން ބާޓިޔާ، ކަރަން ޖޯހަރު، އަޕްރޫވާ މެހެތާ، ޝަޝަންކް ހައިތަންގެ އިތުރުން އަކްޝޭ ކުމާރެވެ.

- ކޮމެންޓް