ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 11:48
ރައީސް މައުމޫން
ރައީސް މައުމޫން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް މައުމޫން
ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި
 
ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި ބޭފުޅެއް
 
ރައީސް މައުމޫން އެޑްމިޓް ކޮށްފައިވަނީ ހޯމަ ދުވަހު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެމަނިކުފާނު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ޑިސެމްބަރު 30 ވަނަ ދުވަހު ވަނަ ދުވަހުއެވެ. ހޮސްޕިޓަލުން ރައީސް މައުމޫން ދޫކޮށްލެއްވުމާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ޖެހިވަޑައިގަތް އިންފެކްޝަނުން މިހާރު ސަލާމަތްވެވަޑައިގެންފި ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ހޮސްޕިޓަލުން އެމަނިކުފާނަށް ފަރުވާ ދެއްވި ޑަކުޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

މައުމޫންގެ އިތުރުން އެމަނިކުފާނު ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވެސް ވަނީ ކުރެއްވި ޓުވީޓެއްގައި އެ ހޮސްޕިޓަލުގެ ޑަކުޓަރުންނާއި ނަރުހުންގެ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޓެސްޓްތަކެއް ހަދަން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ކުރިން ބުނެފައެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް ޑިސެމްބަރު މަހު 29 ވަނަ ދުވަހު ފާހަގަކޮށްފައި ވަނިކޮށެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެދޭތެރެއިން ރާއްޖެއިން ބޭރަށް ވަޑައިގެން އަބަދުވެސް ފަރުވާ ހޯއްދަވަމުން ގެންދަވަ އެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް އިސްކަން ދެއްވައިގެން ދިރިއުޅުމުގެ ރަނގަޅު އާދަތައް ހިފަހައްޓަވާ ބޭފުޅެއް ކަމަށް ވެއެވެ.

ރައީސް މައުމޫނަކީ ރާއްޖޭގެ ވެރިކަން 30 އަހަރު ކުރެއްވި، އަދި ރާއްޖެ ޑިމޮކްރަސީގެ މަގަށް ދީލާލުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީތައް އުފެދިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދައުރުގައެވެ.

އެމްއާރުއެމްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
3 ޖެނުއަރީ 2020 | ހުކުރު 10:30
ސީދާ
ޙަމްދު ލިބި ވޮޑިގެންވާ މާތްﷲގެ ޙަޟުރަތަށް ޝުކުރުހުރި !