ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 08:48
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން
ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ވޯކްއިން އިންޓަވިއު މި މަހުގެ 7 ގައި
 
މަސައްކަތުގެ އަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލާފައިވޭ
 
މި ޕްރޮގްރާމް ހިންގާތާ މިއީ 11 ވަނަ އަހަރު
 
އެ ދުވަހުގެ 14:00 އިން 17:00 އާއި ދެމެދު ވޯކްއިން އިންޓަވިއު ކުރިއަށްދާނެ

ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ވޯކްއިން އިންޓަވިއު މި މަހުގެ 7 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމު ކުރިއަށްދާނީ އެ ދުވަހުގެ 14:00 އިން 17:00 އާއި ދެމެދުގައި ދިރާގު ހެޑް ކުއާޓާސް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކޮށްފައިވާ ދިރާގުގެ ރީޖަނަލް އޮފީސްތަކުގައި ކަމަށެވެ. ޕްރޮގްރާމުގައި އޭލެވެލް އިން ފެށިގެން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ޒުވާނަކަށް ބައިވެރިވެވޭނެއެވެ.

ދިރާގުން 2009 ގައި ތަޢާރަފުކުރި މި ޕްރޮގްރާމް ހިންގާތާ މިއީ 11 ވަނަ އަހަރެވެ. މަސައްކަތުގެ އަމަލީ އަދި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުވާލާފައި ވެއެވެ.

މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާ އެކު އަދާކުރަމުން އަންނަ ޒުވާނުން ކަމަށާއި މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ހެކި ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯއެއް ކަނޑައެޅިފައިވާނެއެވެ.

މި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ.

ދިރާގުން ބުނީ، މިހާތަނަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 200 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް