ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 19:21
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑާ މިނިސްޓްރީ
ޝިދާތާ ޝަރީފް
އަމިއްލަ ބޭނުމަށް އެމްބަސީގެ ކާރު ބޭނުންކޮށްފައެއް ނުވާނެ: މިނިސްޓަރ ޝިދާތާ
 
މައްސަލައިގައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި އެމްބަސީގެ ކާރުކޮޅު ބޭނުންކުރެއްވި ކަމަށް
 
މައްސަލަ ހުށައަޅާފައިވަނީ އަންގާރަ ދުވަހު
 
މައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުން

އަމިއްލަ އެއްވެސް ބޭނުންފުޅަކަށް މެލޭޝިއާ އެމްބަސީގެ ކާރުކޮޅު ބޭނުންކުރައްވާފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ، ޗުއްޓީއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަަސީލަތްތައް އެކަމަނާ ބޭނުންކުރެއްވިކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލައެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެކަމަނާގެ ފޭސްބުކްގައި ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވި ނަމަވެސް އެނގިލައްވާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރު ފެންނަމުން މިދަނީ ސަރުކާރުގެ ވަޒީރަކާމެދުވެސް ތުހުމަތެއް ކުރެވިއްޖެނަމަ އެކަން ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އޮތްްކަން ކަމަށެވެ.

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

މިނިސްޓަރ ޝިދާތާގެ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައަޅާފައިވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން އޭސީސީން ބުނީ، އެ މައްސަލައަކީ މިނިސްޓަރ ޗުއްޓީއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަަސީލަތްތައް ބޭނުންކުރެއްވިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއް ކަމަށާއި، އަމިއްލަ ދަތުރުފުޅެއްގައި އެމްބަސީގެ ކާރުކޮޅު ބޭނުންކުރައްވާފައިވާކަމަށް އެ މައްސަލާގައި ބުނެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް