ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 17:13
ހައްމާދު އުޅުނީ ރ މަޑުއްވަރީގެ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި
ހައްމާދު އުޅުނީ ރ މަޑުއްވަރީގެ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި
ޓްވިޓަރ
13 އަހަރުގެ ކުއްޖާގެ މައްސަލަ
ހައްމާދުގެ ޝަރީއަތް ނިމެންދެން ބަންދުގަ ބެހެއްޓުމަށް އަމުރުކޮށްފި
 
ޕީޖީ އޮފީހުން އެފަދަ މައްސަލަތަކާމެދު ވަރަށް ސީރިއަސްކަމަށް ޕީޖީ ވިދާޅުވި
 
އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ބުދަ ދުވަހު
 
ކުށް ސާބިތުވެއްޖެނަމަ މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ

13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކުރި މައްސަލާގައި ދަޢުވާ އުފުލާފައިވާ އިސްމާއީލް ހައްމާދު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ.

ރ މަޑުއްވަރީގަ 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކައިވެނިކޮށް، އެކުއްޖާ ރޭޕްކުރި މައްސަލާގައި ހައްމާދުގެ މައްޗަށް ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދަޢުވާ ހައްމާދުގެ މައްޗަށް އުފުލާފައިވީނަމަވެސް އެ މައްސަލައާއި ގުޅުން ހުރި އިތުރު ދަޢުވާތައް އޭނާގެ މައްޗަށް ކުރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލު ކުރުމުގެ ޤާނޫނުގައި ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށް ހިމެނިފައިވެއެވެ. އެގޮތުން އެ ކުށް ސާބިތުވާ މީހަކަށް 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ރ މަޑުއްވަރީގައި އުމުރުން 13 އަހަރުގެ ކުއްޖަކާއި ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީ ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި ހައްމާދު އުޅެނިކޮށް އޭނާއަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ފެންމަތިވުމާއި އެކުއެވެ.

ހައްމާދު، އެ ކުއްޖާއާއި ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އޭނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް