ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 16:59
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
އޭސީސީ
މިނިސްޓަރ ޝިދާތާގެ މައްސަލައެއް އޭސީސީއަށް ހުށައަޅައިފި
 
މައްސަލައިގައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި އެމްބަސީގެ ކާރުކޮޅު ބޭނުންކުރެއްވި ކަމަށް
 
މައްސަލަ ހުށައަޅާފައިވަނީ އަންގާރަ ދުވަހު
 
މައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުން

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފުގެ ކޮރަޕްޝަން މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިނިސްޓަރ ޝިދާތާގެ މައްސަލައެއް އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައަޅާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.

އެގޮތުން އޭސީސީން ބުނީ، އެ މައްސަލައަކީ މިނިސްޓަރ ޗުއްޓީއަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަަސީލަތްތައް ބޭނުންކުރެއްވިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއް ކަމަށާއި، އަމިއްލަ ދަތުރުފުޅެއްގައި އެމްބަސީގެ ކާރުކޮޅު ބޭނުންކުރައްވާފައިވާކަމަށް އެ މައްސަލާގައި ބުނެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 18:52
ދާދު
ތީ ބޭރު ކުރަންޖެހިފަ ހުރި އަންހެނެއް. މީހާއަށް މީހާ ފެނިފަ ބޮޑާ ކިބުރުވެރި އަންހެނެއް