ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 17:20
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
13 އަހަރުގެ ކުއްޖާ ވިހެއުން
13 އަހަރުގެ ކުއްޖާ ވިހެއި މައްސަލަ: ބެލެނިވެރިންގެ މައްޗަށް ދައުވާކޮށްފި
 
ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނަކާއި، 47 އަހަރުގެ ފިރިހެނެއް
 
ދައުވާގެ ތަފްސީލުތައް ޕީޖީ އޮފީހުން ހާމައެއް ނުކުރޭ
 
އެކެއްގެ މައްޗަށް 4 ދައުވާ އުފުލާފައިވޭ

ރ. މަޑުއްވަރީގައި އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ އެ ކުއްޖާ ވިހެއި މައްސަލައާއި ގުޅިގެން އެ ކުދިންގެ ބެލެނިވެރިންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނީ، 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައިގަ އެކުއްޖާގެ 2 ބެލެނިވެރިންގެ ތެރެއިން އަންހެންމީހާގެ މައްޗަށް 4 ދަޢުވާ އުފުލާފައިވާ ކަމަށާއި، ފިރިމީހާގެ މައްޗަށް އެއް ދަޢުވާކޮށް އަންގާރަ ދުވަހު ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަަމަށެވެ.

އަންހެން މީހާގެ މައްޗަށް ހުށައަޅާފައިވާ ދައުވާތައް:

  • މަންމައަކަށް ނުވަތަ ބައްޕައަކަށް ނުވަތަ ބެލެނިވެރިއަކަށް ހުރެ، ކުއްޖާގެ ޞިއްޙަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަޞްލަޙަތަށް އެކަށީގެންނުވާ ގޮތެއްގައި އުނިކަން އަތުވެދާނެ ފަދަ ޙާލަތެއްގައި، 14 އަހަރަށްވުރެ ދޮށީ މީހަކު ނުބަހައްޓައި 24 ގަޑިއިރަށް ނުވަތަ އެއަށްވުރެ ގިނަ އިރަށް 1 އަހަރު ނުފުރޭކުޑަކުއްޖަކު ދޫކޮށްލުމުގެ ކުށުގެ ދަޢުވާ
  • އެފަދަ ކުށެއް ކުރުމަކީ، އެކަށީގެންވާ ކަމެއްކަން އެނގިހުރެ އެފަދަ ކުށެއް ކުއްޖާއާމެދު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ އެކަށީންގެންވާ ފިޔަވަޅު އަޅާފައި ނުވުމުގެ ކުށުގެ ދަޢުވާ
  • ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ
  • ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ

އޭގެ އިތުރުން، ފިރިހެން މީހާގެ މައްޗަށް ވަނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތައް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 13 އަަހަރުގެ ކުއްޖާގެ ބެލެނިވެރިން ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

13 އަހަރުގައި ބަލިވެ އިނދެ އެ ކުއްޖާ ވިހެއިކަން ހާމަވީ، ރ. މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޙަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ.

އެގޮތުން އެކުއްޖާ ވިހެއި މައްސަލައިގަ ބެލެނިވެރިންގެ މައްޗަށް ދަޢުވާ ކުރުމަށް ކޯޓަށް ހުށައަޅާފައިވާއިރު، އެ ޢާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ ޢަސާސީ ޙައްޤުތަކުން މަޙުރޫމުކޮށް އެ ކުދިންނަށް އިހުމާލު ވަމުންދާކަމަށް ބުނެ، އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނަކާއި، 47 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް