ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 09:57
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޔޫސުފް ސޮފްވާން ރަޝީދު
ޑރ. މުހައްމަދު ޖަމީލް އަހުމަދު
އަހަރު ނިމުނުއިރު ކަމެއް ނުވާކަމަށް ވިދާޅުވެ ޖަމީލްގެ ފާޑުކިޔުންތައް ސަރުކާރަށް
 
ބޮޑެތި ވަޢުދުތައްވީއިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދި ޓެކުހަށް އެކަނި ބަރޯސާވެ ނިމިއްޖެ
 
އެތައް ކޮމިޝަންތަކެއް، ކޮމިޓިތަކެއް އުފެއްދިޔަސް ޚިދުމަތް ވަނީ ފެއިލްވެފައި
 
ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް

މި އަހަރުގެ ނިމިގެން ދިޔައިރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްވެސް ކަމެއް ނުވާކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަހަރު ނިމުނުއިރު އިޤްތިޞާދުގައި ދިރުމެއް ނެތް ކަމަށާއި، ވިޔަފާރިތައް މަރުވެ މީހުން ރޯން ފަށާފައިވާ ކަމަށެވެ. އަދި ބޮޑެތި ވަޢުދުތައްވީއިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދި ޓެކުހަށް އެކަނި ބަރޯސާވެ ނިމިއްޖެ ކަމަށެވެ. މީގެއިތުރުން މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަން ކަމަށާއި، ކުޑަ ޤައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަޤާމްތައް އިތުރުކޮށް، ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށެވެ. އަދި ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ރައީސް ސޯލިހުގެ ސަރުކާގައި ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ސިޓިއަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަންޖެހިފައިވާ ކަމަށާއި، އެތައް ކޮމިޝަންތަކެއް، ކޮމިޓީތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލްވެފައިވާ ކަމަށެވެ. އަދި ޙައްޤުތައް ކަށަވަރުކޮށްދޭންވީ ވަޢްދުވީ ބިލާހަކަށް ކަމަށާއި، ޚިޔާލް ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެއިތުރުން ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ޖަލްސާއެއް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ވެރިން ކުރިންވެސް ހަރަކާތްތެރިވި ގޮތަށް ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ޖުޑިޝަރީގައި ބަދަލުވީ ހަމައެކަނި މޫނުތައް އެކަނި ކަމަށެވެ. އަދި ދައުލަތުގެ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ބަދަލު ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ސަރުކާރުން ހުޅުވާލާފައިވާ ކަމަށާއި، ދަޢްލަތުގެ މުދަލުން ޕާޓީއަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސްފަރާތުން ކަމަށެވެ. އަދި ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫޢްތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައި ކަމަށާއި، ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް ކަމުގެ ތުހުމަތު ޖަމީލްވަނީ ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 12:59
ޟުންބުލި
ބައިވަރު ކަން ކަންކަން ކޮށް ފި.ފ މަޖްބޫރުން ކުރުވާ ކަންކަމަށް ހައްލު ލިބިއްޖެ.ކޮރަޕްޝަން މަދުވެ ފާރަވެރިވެވޭ ނިޒާމެއް ގާއިމް ކުރެވުއްޖެ. ރައްޔިތުންނާ ގުޅުން ހުރި އެތައް ގާނޫނެއް ފާސްވެއްޖެ. ކޯތުތައް ކޮށްފަ ހުރި ނުރަގަޅު ކަންކަން ބަލައި ފި.އެއްމެ އަހަރަކުން ގިނަ ކަންކަން ފެއްޓިއްޖެ ކަމަށް ގަބޫލު ކުރެވޭ.