ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 23:40
މީގެ ދެ ހަފްތާ ކުރިން ބާޒާރުގައި ފިޔާ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށް
މީގެ ދެ ހަފްތާ ކުރިން ބާޒާރުގައި ފިޔާ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށް
މުހައްމަދު ޝަރުހާން
ފިޔާގެ އަގު
ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 50ރ އަށް!
 
އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް އެއާފްރެއިޓްކޮށް ދެ ހަފްތާ ކުރިން ގެނެސްފައިވޭ
 
ފަންނީ ތަޖުރިބާކާރުން ލަފާ ކުރަނީ ގޮތުގައި ފިޔާގެ އަގު އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ބޮޑުވާނެ
 
ފިޔާގެ އަގު ބޮޑުވީ އިންޑިއާއަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވުމުން

ރާއްޖޭގެ ބާޒާރުގަ ފިޔާގެ އަގު މީގެ ދެ ހަފުތާ ކުރިއާ އަޅާ ބަލާއިރު، ބޮޑު ތަނުން އަގުހެޔޮ ވެއްޖެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އަވަށްޓެރި އިންޑިއާއަށް ކުރިމަތިވި މޫސުމީ ވިއްސާރައާއި ގުޅިގެން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، އެތެރޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވިއެވެ. މީގެ ދެ ހަފުތާ ކުރިއަށް ޖެހިލާއިރު، ބާޒާރުގައި ފިޔާ ކިލޯއެއް އޭރު ލިބެން ހުރީ 70 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއްގައި އަގު ހުރީ 1200 ރުފިޔާއަށެވެ. އެހެންނަމަވެސް ފިޔާ ލިބެން ފެށުމުން މިހާރު ބާޒާރުގަ ފިޔާ ކިލޯއެއް ލިބެން ހުރީ 50ރ އަށެވެ.

ބާޒާރުގައި މީގެ ދެ ހަފުތާ ކުރިން ފިޔާ އަގު ބޮޑުވުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ޢާންމުންނަށް އަގު ހެޔޮކޮށް ފިޔާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން އެސްޓީއޯގެ ސުޕަރމާޓު މެދުވެރިކޮށް މީހަކަށް ދެކިލޯގެ މަގުން މިހާރު ވެސް ފިޔާ ކިލޯއެއް ވިއްކަމުން ދަނީ 40ރ ގެ ރޭޓުންނެވެ.

އެންމެ ފަހުން ރާއްޖޭގަ ފިޔާގެ އަގު ބޮޑުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެތެރޭގައެވެ. އޭރު ފިޔާ ބަސްތާއެއްގެ އަގު 1،200ރ އަށް ވެސް އެރިއެވެ. ނަމަވެސް 21 އޮކްޓޯބަރުން ފެށިގެން ކިލޯއެއްގެ އަގު 20ރ އަށް ވެއްޓުނެވެ.

ފިޔާގެ ޑިމާންޑު ބޮޑުވެފައި މިވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނެހެއްދޭތީއެވެ. އިންޑިއާގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 150 ރުޕީސް އަށެވެ.

ވިޔަފާރިވެރިންނާއި، ވިޔަފާރިއާއި އިޤުތިޞާދު ދިރާސާކުރާ ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި ފިޔާގެ އަގު އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ބޮޑުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް