ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 19:55
އިމިގްރޭޝަން އޮފީސް
އިމިގްރޭޝަން އޮފީސް
އިމިގްރޭޝަން
އިމިގްރޭޝަން
ރަށުންގެ ނަމުގައި އިމިގްރޭޝަނުން އައު ޚިދުމަތެއް ތައާރަފުކޮށްފި
 
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަތް އޮތް ތާނގައި މި ހިދުމަތް ފަށާނެ
 
ހިދުމަތުގެ ދަށުން ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ
 
މި ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ތ. އަތޮޅުގެ ވޭމަންޑޫގައި

މޯލްޑިވްސް އިމިގްރޭޝަނުން ރަށުންގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފު ކޮށްފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޚިދުމަތަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމަށް ފަށާާ ޚިދުމަތެއް ކަމަށާއި މި ޚިދުމަތް ކުރިއަތް ގެންދިޔުމަށް ނިންމާފައިވަނީ އަތޮޅު އަދި ރަށު ކައުންސިލުތަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން މި ޚިދުމަތް އެންމެ ފުރަތަމަ ތ. އަތޮޅުގެ ވޭމަންޑޫގައި ފަށާފައިވާއިރު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަަމަށެވެ. ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް ފުރިހަމަވާނަމަ ރަސްމީ ބަންދު ނޫން ގަޑިތައް ނުހިމެނޭ ގޮތަށް 48 ގަޑިއިރު ތެރޭގައި އެމީހަކަށް ޕާސްޕޯޓް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ޕާސްޕޯޓް ނިމުމުން އިމިގްރޭޝަނުގެ އޮފީސްތައް ޤާއިމުކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާއި ޙަވާލުވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަތް އޮތް ތާނގައި ފަށާނެކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ މަޤްޞަދަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އިމިގްރޭޝަނުން ދޭ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރާއްޖޭގެ ކޮންމެ ހިސާބެއްގަ ތިބެގެންވެސް ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އިމިގްރޭޝަނުން ރަށުން ޚިދުމަތް ތަޢާރަފުކޮށްފައި ވާއިރު ދާދި ފަހުން ވަނީ ކޯލް ސެންޓަރުގެ ޚިދުމަތްވެސް ދޭން ފަށާފައެވެ. މި ޚިދުމަތާއި ބެހޭ ގޮތުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ހުސައިން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ލިބޭ ކަމަށާއި، އެހެން ނަމަވެސް މި ކޯލް ސެންޓަރުގެ ސަބަބުން ރައްޔިތުންގެ އުދާސްތަކަށް ތަޞައްލީއެއް ލިބިގެންދާނެ ކަމަށެވެ. އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އިމިގްރޭޝަންގެ މަޤުޞަދަކީ ރައްޔިތުންނާއި ގުޅިގެން ޒަމާނީ ވަޞީލަތްތަކުގެ ބޭނުންކޮށްގެން، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި ކޯލް ސެންޓަރު މެދުވެރިކޮށް، އިމިގްރޭޝަނުން ދެމުންދާ ޚިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
75%
0%
0%
0%
0%
ކޮމެންޓް