ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 09:22
ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން ގަލޮޅު ދަނޑުގައި ބިނދޭސީންތަކެއް ސަފުހަދާލައިގެން
ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ހިންގާ ޕްރޮގްރާމުގެ ތެރެއިން ގަލޮޅު ދަނޑުގައި ބިނދޭސީންތަކެއް ސަފުހަދާލައިގެން
ރާއްޖެއެމްވީ
ބިދޭސީން
ސްކިލްޑް އަދި ޕްރޮފެޝަނަލް މަގާމްތަކަށް ގެންނަ ބިދޭސީންގެ ސަނަދުތައް އެމްކިއުއޭއިން ވެލިޑޭޓްކުރާގޮތަށް ހަދައިފި
 
އޮންލައިންކޮށް ހުށައަޅާ ސަނަދުތަކަކީ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ޤަވާޢިދާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކަށްވެސް ވާންޖެހޭނެ

ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެއް މަގާމްތަކަށް ގެންނަ މީހުންގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވެލިޑޭޓް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން "ސްކިލްޑް" އަދި "ޕްރޮފެޝަނަލް" ފަންތީގެ މަގާމުތަކަށް ގެންނަ މީހުންގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ސަނަދުތައް ހުށަހަޅަން ވާނީ ކޮލިފިކޭޝަން އޮތޯރިޓީގެ ތައްގަނޑުޖެހި ސަނަދުތަކާއެކުކަމަށެވެ. އަދި އޮންލައިންކޮށް ހުށައަޅާ ސަނަދުތަކަކީ އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ޤަވާޢިދާ އެއްގޮތަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކަށްވެސް ވާންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީން ވަނީ ފަށާފައެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމަށް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭންސީންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ ރެގިއުލަރައިޒްކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުން ނެތް ފަރާތްތަކަށް ވެސް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރެވިފައި ވާނަމަ ރެގިއުލަރައިޒް ކުރެވޭނެކަމުގައެވެ. އަދި ވަޒީފާ ހަމަޖެހިފައިވާ ފަރާތްތަކުން ރެގިއުލަރައިޒްވުމަށް ހުށައަޅަން ޖެހޭނީ ވަޒީފާދޭ ފަރާތްތަކުން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަ އިރު މީގެ ތެރެއިން 80،000 އަށްވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް