ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 09:10
ދިރާގު ހެޑް އޮފީސް
ދިރާގު ހެޑް އޮފީސް
މުހައްމަދު ޝަރުހާން
ދިރާގު
ދިރާގުން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ އެސްއޯއީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅަނީ
 
އިންޓަރނެޓްގެ އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެއް
 
މިއީ އާންމުންގެ ތެރޭގައި ޝަކުވާބޮޑު މައްސަލައެއް
 
ދިރާގަކީ މި ރީޖަންގައި އިންޓަރނެޓްގެ ހިދުމަތުން އެންމެ ބޮޑު އަގު ރައްޔިތުން އަތުން ނަގާ ކުންފުނި: އަލީ ހަމީދު

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ދުވަސްވީ ކުންފުނި ދިރާގުން މަކަރާއި ހީލަތް ހަދާކަމުގެ ވާހަކަތަކެއް އާންމުވެފައިވާތީ އެ މައްސަލަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.

އެސްއޯއީއަށް މި މައްސަލަ ހުށަހަޅުއްވާނެ ކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދެވެ. އެ މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާގަކީ މިސަރަހައްދުގައި އިންޓަރނެޓްގެ ހިދުމަތުން އެންމެ ބޮޑު އަގު ރައްޔިތުން އަތުން ނަގާ ކުންފުނި ކަމަށާއި، ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށެވެ. އަދި ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާންމުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކަން ބަލާ ތަހުގީގުކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

ދިރާގުން ދޭ އިންޓަރނެޓްގެ ހިދުމަތުގެ އަގު ބޮޑު މައްސަލައަކީ ގިނަ ބައެއްގެ ޝަކުވާ ހިމެނޭ ކަމެކެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ވެސް އެތައް ބަޔަކު އަންނަނީ ގޮވަމުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން ވެސް މިކަމުގައި އެއްވެސް އަމަލީ މަސައްކަތްތަކެއް ކޮށްފައި ނުވެއެވެ.

ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މުވާސަލާތުގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި، މުވާސަލާތުގެ ޚިދުމަތްތަކުގެ އަގު ހެޔޮކުރުން ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ދިރާގަށް 31 އަހަރުވީ ދުވަހު ދެއްވި މެސެޖުގައި ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ އިންޓަރނެޓް އަގުހެޔޮ ކުރުމާއި ގުޅޭ މަޝްވަރާތައް ކުންފުނިތަކާ ކުރައްވާފައިވާ ކަމަށެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަސައްކަތް ކުރާނެކަން އެކި ތާރީހުތަކުގައި ހާމަ ކުރެއްވުމަށްފަހު އެ މަސައްކަތް ދެން ކުރައްވާނީ އަންނަ އަހަރު ކަމަށް ވެސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރާއްޖޭގައި ދެމުންދާ އިންޓަރނެޓުގެ އަގުހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ގޮތުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭވަރުވާނީ 2021 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
9%
18%
7%
52%
2%
11%
ކޮމެންޓް
29 ޑިސެންބަރ 2019 | އާދީއްތަ 23:16
ޖާބެ
ކިހާވަރަކުންދާނެބާ