ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 09:14
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ)
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު (ކ) އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް (ވ)
ޓްވިޓަރ
ގާސިމް
މުސާރައާއި ސަރވިސް ޗާޖު ކަނޑައަޅާނީ މިނިސްޓަރެއް ނޫން: ގާސިމް
 
ދެއްކެވި ވާހަކަތައް މީޑިއާތަކުން އޮޅުވާލީ: އަލީ ވަހީދު
 
ސަރވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެން އަލީ ވަހީދަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި
 
އަލީ ވަހީދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ގާސިމް ވިދާޅުވި

ރިސޯޓްތަކުން މުވައްޒަފުންނަށްދޭ ސަރވިސް ޗާޖު ކަނޑައަޅާނީ ޓުއަރިޒަމް މިނިސްޓަރު ނޫން ކަމަށާއި، މިނިސްޓަރ އަލީ ވަހީދަކީ ހިންގުންތެރި ވަޒީރެއްކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަލީ ވަހީދު ދިފާއު ކުރައްވައިފިއެވެ.

ގާސިމް، މިނިސްޓަރު އަލީ ވަހީދު ދިފާއުކުރައްވާ ޓްވީޓް ކުރައްވާފައިވަނީ ރިސޯޓް މުވައްޒަފުންގެ ސަރވިސް ޗާޖްގެ މައްސަލައިގައި އާންމުންނާއި ރިސޯޓް މުވައްޒަފުން މިނިސްޓަރަށް ފާޑު ކިޔަމުންދަނިކޮށެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ގާބިލް ހިންގުންތެރި ވަޒީރެއް ކަމަށެވެ. އަދި ޓުއަރިޒަމް އިންޑަސްޓްރީއަށް ވިޔަސް މުވައްޒަފުންނާ ބެހޭ ކަމެއްވިޔަސް އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް އޮތް ގޮތަކަށް ކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި މުސާރައާއި ސަރވިސް ޗާޖް ކަނޑައަޅާނީ މިނިސްޓަރެއް ނޫން ކަމަށް ވިދާޅުވެ އަލީ ވަހީދަށް އަންނަ ފާޑުކިއުންތަކަށް ގާސިމް ވަނީ ރައްދު ދެއްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްވެސް ވަނީ އަލީ ވަހީދަށް ތައުރީފްކުރައްވާފައެވެ. ހަސަން ލަތީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިނިސްޓަރ އަލީ ވަހީދަކީ މިވަގުތު އެމްޑީޕީގެ މެންބަރެއް ނޫންކަމުގައި ވިޔަސް އެއީ އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތައް އޮޅިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރައްވާ އެންމެ ގަދަ އެއް މިނިސްޓަރު ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދަށް އަންނަ ފާޑުކިއުންތައް ދިފާއުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
25%
0%
0%
25%
0%
50%
ކޮމެންޓް