ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 00:21
ލީޑަރޝިޕް ފޯ ކޮމިއުނިޓީ ބިލްޑިންގް ވާރކްޝޮޕްގެ ތެރެއިން
ލީޑަރޝިޕް ފޯ ކޮމިއުނިޓީ ބިލްޑިންގް ވާރކްޝޮޕްގެ ތެރެއިން
ރާއްޖެއެމްވީ
ވިއެމް
ލީޑަރޝިޕް ފޮރ ކޮމިއުނިޓީ ބިލްޑިންގް ވާރކްޝޮޕް ވިއެމް އިން ނިންމާލައިފި
 
އަންނަ އަަހަރު ވެސް މިފަދަ އިތުރު ވާރކްޝޮޕެއް ހިންގުމަށް ހަމަޖެހިފައިވޭ
 
ޖުމްލަ 31 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވޭ
 
މި ވާރކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ތިން ދުވަހުގެ މުއްދަތަށް

ވިމެން އެންޓަރޕްރިނިއަރސް އެސޯސިޝަން (ވިއަމް) ހިންގި ލީޑަރޝިޕް ފޮރ ކޮމިއުނިޓީ ބިލްޑިންގް ވާރކްޝޮޕް ނިންމާލައިފިއެވެ.

މި މަހުގެ 26 އިން 28 އަށް ކުރިޔަޑށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ޖުމުލަ 31 އަންހެން ބޭފުޅުން ފުރިހަމަކުރިއެވެ.

ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހު ބާއްވާފައިވަނީ ކަސްޓަމްސް ބިލްޑިންގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިއަމްގެ ޗެއަރޕަރސަން ޝާއިރާ ސަލީމް ވިދާޅުވީ މި ވާރކްޝޮޕް ނިންމާލެވިފައި މިވަނީ ވަރަށް ކާމިޔާބުކަމާއެކީ ކަމަށާއި މި ވާރކްޝޮޕްގެ ޒަރިއްޔާ އިން ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ތިންދުވަހުގެ ތެރޭގައި ގެސްޓް ސްޕީކައެއްގެ ގޮތަަށް ހިސްޓޯރިއަންއެއް ވަޑައިގެން ވަރަށް ގިނަ ވާހަކަތަކެއް ދައްކަވައިދެއްވި. ކާބަފައިންގެ ދައުރުން ފެށިގެން އަންހެނުން ކުރަމުންދިޔަ މަސައްކަތްތައް، އެހެންވީމަ އެކަމުން އިތުރު ހިތްވަރެއް ލިބިގެން ޖޯޝާއި ފޯރިއާއެކު ދެން ނިކުމެގެން މިހާރު މި މަސައްކަތް ކުރާ ލީޑަރޝިޕަށްވުރެން އިތުރު ފޯރިއާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރަން. ވާރކްޝޮޕްގެ ތެރެއިން ފެނިގެންދިޔަ ބައެއް އަންހެނުން ނުވާނެ ބުނިތަން، ކޮންމެ އަންހެންނަކަށް ވެސް ވަކި ގޯލެއް އޮވެގެން ކުރީމަ ކޮންމެ ކަމެއް ވެސް ވާނެ.
ޝާއިރާ ސަލީމް ވިދާޅުވިއެވެ.

ވިއަމްގެ ފަރާތުން ކުރިއަށް ގެންދިޔަ ވާރކްޝޮޕްގެ މަޤްސަދަކީ އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ކިބައިގައި ލީޑަރޝިޕް ހުނަރު އަށަގެންނެވުމެވެ. ވިއަމްގެ ފަރާތުން އިތުރަށް ބުނީ ވާރކްޝޮޕްގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ އަންހެނުން ވާދަކުރުމަށް ހިތްވަރުދީފައިވާ ކަމަށެވެ. ކުރިއަތް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އަންނަ އަަހަރު ވެސް މިފަދަ އިތުރު ވާރކްޝޮޕެއް ހިންގަން ހަމަޖެހިފައިވާ ކަމަށް ވިއަމްއިން ބުނެއެވެ.

މި ވާރކްޝޮޕްގަ މާލެސިޓީ އައްޑޫސިޓީ ހއ. އަތޮޅު، ހދ. އަތޮޅު، ގދ. އަތޮޅުގެ އިތުރުން ރ. އަތޮޅު ނ. އަތޮޅުން ވެސް އަންހެން ބޭފުޅުން ބައިވެރިވި ކަމަށް ވިއަމް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް