ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 22:33
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓަރ
އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާނެ: މެންބަރު ހުސައިން ޝަހީމް
 
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުލް ކެބިނެޓަށް ފުރިހަމަ ތާއިދު އެބައޮތް

އަދާލަތު ޕާޓީގެ ސްލޮޓްގައި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަޙްމަދު ޒާހިރު އަލީގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާނެކަމަށް ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުލް ކެބިނެޓަށް ފުރިހަމަ ތާޢީދު އެބައޮތް ކަމަށެވެ. އެގޮތުން ތާޢީދު އޮތީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި، ރައީސްގެ ފުލް ކެބިނެޓަށް އެމްޑީޕީގެ ޕީޖީގެ ފުރިަހަމަ ތާޢީދު އޮންނާނެ ކަމަށެވެ.

ނަމަވެސް ކަމެއް ދިމާވާ ފަހަރަކު ހިތްހަމަ ނުޖެހޭ ބޭފުޅަކު އެއްޗެއް ވިދާޅުވުމަކީ ޑިމޮކްރަޓިކް ޕާޓީއެއްގެ ތެރޭގައި ކަމެއް އޮވެދާނެ ގޮތް ކަމަށާއި، ނަމަވެސް އެއީއެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިފައި އޮތް ބައިވަރު މެކޭނިޒަމް ހުރި އިރުގައި ކަމަކާ ހިތްހަމަ ނުޖެހޭ އެއްވެސް މެންބަރަކު ވެސް އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އެތެރޭގައި އެވާހަކަ ދެއްކުން އެންމެ އެކަށީގެންވާނީ. އެއަށްފަހު ދެން ނުކުންނަ ހިސާބަކަށް ނުކުމެދާނެ. އެންމެ ފުރަތަމަ ވާހަކަ ދައްކަން ޖެހޭނީ ފޭސްބުކާއި ޓްވިޓާގައި ކަމަށް އަޅުގަނޑު ނުދެކެން. ރައީސް ސޯލިހުގެ ފުލް ކެބިނެޓަށް ތާއިދު އެބަ އޮތް. އެމްޑީޕީގެ ޕީޖީއަށް ވެސް ރައީސް ސޯލިހުގެ ފުލް ކެބިނެޓަށް ފުލް ތާއިދު އެބައޮތް. އެއްވެސް ގޮތަކަށް އިސްލާމިކް މިނިސްޓަރުގެ ނޯ ކޮންފިޑެންސް ނުނަގާނެ،
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.

"ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެއްވަމުން މެންބަރު ވިދާޅުވީ އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ނިންމީ އަމިއްލަ ހައިޞިއްޔަތުން ކަމަށާއި، އެއީ ޕާޓީން ނިންމައިގެން ކުރާކަމެއް ނޫންކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރ މަޤާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމެވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ޝައިޚުންނާއި ދެކޮޅަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށް މެންބަރުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
25%
0%
25%
0%
0%
ކޮމެންޓް