ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 23:24
މާލެ ސިޓީ
މާލެ ސިޓީ
އެޑިޝަން.އެމްވީ
ކުލި ކޮންޓްރޯލް ކުރުން
މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކުރުމަށް ހުށަހަޅާ ޕެޓިޝަނަށް 258 ސޮއި
 
ކުލި މައްޗަށް ދިއުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް
 
ޖެނުއަރީގައި ޕެޓިޝަނަށް ސޮއި ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް ނިންމާފައިވޭ
 
ޖެނުއަރީ 3 ވަނަ ދުވަހު ވެސް ޕެޓިޝަންގައި ސޮއިކުރުން ކުރިއަށްދާނެ

މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ޖަމްޢިއްޔާއިން ނިންމާފައިވާއިރު އެ ޕެޓިޝަނަށް 258 ސޮއި ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތުދެމުން އެ ޖަމްޢިއްޔާ އިން ބުނީ މިދިޔަ ހުކުރު ދުވަހު ހަވީރު 4:00 ކުން 6:00 ކަށް ކާނިވާ ޞަރަޙައްދުގަ ޕެޓިޝަނުގައި ސޮއިކުރުމުގެ ޙަރަކާތްކުރިޔަށް ގެންދިޔައިރު، އެ ދެ ގަޑިއިރު ތެރޭގައި ޕެޓިޝަނަށް 258 ސޮއި ލިބުނުކަމަށެވެ. މި ޕެޓިޝަނަށް އިތުރު ސޮއި ހޯދުމުގެ ގޮތުން، އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ވެސް ހަވީރު 4:00 ކުން 6:00 ކަށް ކާނިވާ ޞަރަޙައްދުގަ ޕެޓިޝަނުގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށެވެ. އެޖަމްޢިއްޔާގެ ޢަމާޒަކީ، ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ކުރިން ވިހާ ވެސް ގިނަ ސޮއި ހޯދުމަށް ކަމަށާއި ޖެނުއަރީގަމަހުގެ ތެރޭގައި ޕެޓިޝަނަށް ސޮއި ހޯދުމަށް ދޮރުން ދޮރަށް ހިނގުމަށް ނިންމާފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެއެވެ.

މާލޭގައި ދިރިއުޅޭ އާބާދީގެ %63 އަކީ ކުއްޔަށް ދިރިއުޅޭ މީހުންނެވެ. އަދި ސަރުކާރުގެ ތަފާސް ހިސާބުން ދައްކާގޮތުގައި ކުއްޔަކީ މިދިޔަ އަހަރު އެކަނިވެސް %6 އިތުރުވި ޚަރަދެކެވެ.

އަމިއްލަ ފަރުދުންގެ ޢާމްދަނީއަށް ރަނގަޅު ބަދަލެއް އައިސްފައިނުވާއިރު، ކުލި ކޮންޓްރޯލު ނުކޮށްފިނަމަ މާލޭގައި ދިރިއުޅޭ ގިނަބަޔަކު ފަޤީރު ކަމާއި ނިކަމެތިކަން އިޙުސާސް ކުރަން ޖެހިދާނެ ފަދަ ޙާލަތެއް މެދުވެރިވުން އެކަށީގެންވާ ކަމަށް އެމްޓީޔޫއިން ފާހަގަކުރެއެވެ. އެ ޖަމްޢިއްޔާ އިން ބުނީ ހައްލަކީ ހައުސިން ސަޕްލައި އިތުރު ކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އަދިވެސް ފެންނަނީ އަމަލީ ގޮތުން މާލޭގެ ޞަރަޙައްދައް ބޮޑެތި އިންވެސްޓުމަންޓުތަށް އިތުރު ކުރާ ތަން ކަމަށެވެ.

އެމްޓީޔޫ ނުވަތަ މާލެ ޓެނަންޓްސް ޔޫނިއަނަކީ ރަޖިސްޓްރީކޮށްގެން ހިންގާ ކުލިދައްކާ މީހުންގެ ޔޫނިއަނެވެ. މިއީ މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭމީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފައްދިފައިވާ ޖަމިއްޔާއެކެވެ. އެމްޓީޔޫއިން އެދެނީ ވީހާވެސް ގިނަބަޔަކު ޕެޓިޝަނުގައި ސޮއިކޮށް ކުލި ކޮންޓްރޯލު ކުރުމުގެ މުހިންމުކަން ސަރުކާރަށާއި މަޖިލީހަށް އަންގައި ދިނުމަށެވެ.

މީގެ އިތުރުން އެމްޓީޔޫއިން ބުނީ މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ބާރުއަޅާ ކެމްޕެއިނެއްވެސް ކުރިއަށް ގެންދާނެ ކަމަށާއި، މި ކެމްޕޭނަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މާލެ ސިޓީގައި ދުވަހެއް ދުވަހަކަށް ކުލި މައްޗަށް ދިއުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމުކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
50%
25%
25%
0%
ކޮމެންޓް