ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 19:05
ލޯބިވެވިއްޖެގެ ޝޫޓިންގެ ތެރެއިން
ލޯބިވެވިއްޖެގެ ޝޫޓިންގެ ތެރެއިން
ފޭސްބުކް
ލޯބިވެވިއްޖެ
ފިލްމު ''ލޯބި ވެވިއްޖެ''ގެ ޝޫޓިންގެ 20 އިންސައްތަ ނިމިއްޖެ: ސީޒަން
ފިލްމުގެ ޝޫޓިން މިހާރު ކުރިޔަށްދަނީ ތިނަދޫ ގައި
މާލޭގައި ދެ މަންޒަރެއް ނެގުމަށް ހަމަޖެހިފައިވޭ
މަޝްހޫރު ގިނަ ކާސްޓުން ތަކެއް ހިމެނޭ

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންގެ އެސް ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ''ލޯބި ވެވިއްޖެ'' ގެ ޝޫޓިންގގެ 20 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ފިލްމުގެ މަންޒަރުތައް ނެގުމަށް ''ލޯބި ވެވިއްޖެ'' ގެ ކްރޫން ވަނީ ގދ. ތިނަދުއަށް ގޮސްފައެވެ. ތިނަދޫގައި ހުރެ ރާއްޖެ.އެމްވީއާ ވާހަކަ ދައްކަމުން ސީޒަން ބުނީ، ފިލްމުގެ މަންޒަރުތައް ނަގަން އެ ރަށަށް ދިޔައީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް 20 ޕަސެންޓް ޝޫޓްކޮށް ނިމިފައިވާއިރު، އެ ރަށުގަ ނަގާ މަންޒަރު ނެގުމަށް ފިލްމުގެ ކްރޫން އެނބުރި މާލެ އަންނާނީ އަންނަ ޖެނުއަރީ މަހުގައެވެ. ވިއްސާރަވުމުގެ ސަބަބުން ޝޫޓިން އަށް ކޮންމެވެސް ވަރަކަށް ބުރޫއެރި ނަމަވެސް މިހާރު ޝޫޓިން ކުރިޔަށްދާ ކަމަށް ސީޒަން ބުންޏެވެ.

ތިނަދޫގަ ފިލްމު ކްރޫގައި ހަރަކާތްތެރިވަމުން އަންނަ އިރު، އެރަށު ރައްޔިތުންގެ އިތުރުން ރަށުގެ ޕްރޮޑަކްޝަން ހައުސް ''ފޮޑަހާޑާ''ގްރޫޕުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ސީޒަން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފިލްމުގެ ކްރޫން ތިނަދުއަށް ފަހު މާލޭގައި ދެ މަންޒަރެއް ޝޫޓްކުރަން ވަނީ ހަމަޖެހިފައިވެއެވެ. އަދި އޭގެ ފަހުން ކްރޫން ފުރާނީ ސްރީލަންކާ އަށެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހިމް، އަދި އަހުމަދު އީސަ (އާނަންދު) ހިމެނެއެވެ. އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ލޯބިވެވިއްޖެ އަކީ ސީޒަންގެ ދެވަނަ ފީޗަރ ފިލްމެވެ.

- ކޮމެންޓް
29 ޑިސެންބަރ 2019 | އާދީއްތަ 12:16
ޣސގިި
ސީޒަން ރަނގަޅުވާނެ "ކ ފރުވެވިއްޖެ" ކިޔާ ފިލްމެއް ކުޅެން.