ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 13:54
އއ މާޅޮސް
އއ މާޅޮސް
މުހައްމަދު ޝަރުހާން
ހަރުކަށި ފިކުރު
ކޯޓުން ބޭރުން ދަރިންގެ ކައިވެނި ކުރުވި މީހެއް މާޅޮހުން ހައްޔަރުކޮށްފި
 
ބައެއް ދަރިން 18 އަހަރު ނުވަނިސް ކޯޓުން ބޭރުގައި ކައިވެނި ކުރުވިކަމަށް ބުނޭ
 
އޭނާ ދަރިން ބެލުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތު ކުރެވޭ
 
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ މީހެއް

ދީނީ ހަރުކަށި ފިކުރަށް ތާއީދުކޮށް، ޝަރުއީ ކޯޓުން ބޭރުން ދަރިންގެ ކައިވެނި ކުރުވި މީހެއް އއ. މާޅޮހުން ހައްޔަރުކޮށްފިއެވެ.

އެކަމާގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު މެންދުރު 11:44 ހާއިރު ކަމަށެވެ.

އޭގެ އިތުރުން، އޭނާއަކީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަތުރާކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށާއި، އޭނާ ދަރިން ބެލުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ދަރިންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުން މަޙުރޫމުކޮށް، ބައެއް ދަރިން 18 އަހަރު ނުވަނިސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާކަމުގެ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

ހަރުކަށި ފިކުރުތައް ފަތުރާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންގޮސް، ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަކުރަމުންދާއިރު، އެފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ، އެކަން ފެތުރުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިންވެސް ވަނީ ބުނެފައެވެ.

އެގޮތުން އެފަދަ ނުރައްކާތަކާއި މެދު ސަމާލުވެ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ބެހޭ މައުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް އެ ސެންޓަރުންވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
11%
22%
11%
44%
11%
0%
ކޮމެންޓް
28 ޑިސެންބަރ 2019 | ހޮނިހިރު 17:03
ސީދާ
މިކަން ރާއްޖެއަކުން ދެނެއް ނުހުއްޓުވޭނެ އަހިވަކާ ޖެހި އަހިވަށް ފާވާނޭ ބުނާ އުސޫލުން މިކަން ކުރިޔަށް ދަނީ ދަތް ހުރި ދުވަހު ކާށިކާން ބޭނުންވާ ކުދިން ހިލޭ ސާބަހަށް ކުރަމުންދާ ކަމެއްމިއީ !