ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 22:50
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލިސް
ހަސަން ލަތީފް
ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ ގައުމީ އިންޓެލިޖެންސް އެޖެންސީއެއް: ހަސަން ލަތީފް
 
ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ ނުރައްކާ ރާއްޖެއަށްވެސް ކުރިމަތިވޭ
 
ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ މައްސަލަތަކުގައި ދައުލަތުގެ އިސް އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން
 
މިއީ އިސްކަމެއް ދީގެން ރާއްޖެއިން ޓެރަރިޒަމާއި، މަނީ ލޯންޑަރިން އަދި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރާ މަސައްކަތަށް މުހިންމު ކަމެއް

ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ ގައުމީ އިންޓެލިޖެންސް އެޖެންސީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޓެރަރިޒަމާއި، މަނީ ލޯންޑާ ކުރުމާއި، އިންސާނީ ވަގުފާރިކުރުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި މިވަގުތަށް ގައުމަށް އެންމެ ބޭނުންވަނީ އިންޓެލިޖެންސް އެޖެންސީއެއް ކަމަށެވެ. އަދި މިކަމަކީ އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު ފުލުހުން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއްވެސް ފަށާފައެވެ. މި އޮޕަރޭޝަނުގެ ދަށުން އެ ފިކުރަށް ތާއިދުކުރާ އަދި ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ގައުމީ ދިފާއީބާރުން ވަނީ އެމްއެންޑީއެފް ޔެލޯ އެލާޓް ލެވެލް 2 އަށް ގެންގޮސްފައެވެ. ސިފައިން މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފައިވާއިރު، އެ އެލާޓާއެކު ވަނީ މުޅި ރާއްޖޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ. އެމްއެންޑީއެފް ޔެލޯ އެލާޓް ލެވެލް 2 އަކީ ޤައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ނެރޭ އެލާޓެކެވެ.

ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ މައްސަލަތަކުގައި ދައުލަތުގެ އިސް އިދާރާއެއްގެ ގޮތުގައި މަސައްކަތްކުރަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
25%
25%
0%
0%
ކޮމެންޓް