ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 22:56
ހުޅުމާލޭގައި މީގެ ކުރިން ބަހެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވެފައި
ހުޅުމާލޭގައި މީގެ ކުރިން ބަހެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވެފައި
މޯލްޑިވްސް ޕޮލިސް ސާރވިސް
އެކްސިޑެންޓް
އެމްޓީސީސީ ބަހަކާއި ކާރެއްޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވޭ

ހުޅުމާލޭގައި އޮޕަރޭޓްކުރަމުން އަންނަ އެމްޓީސީސީގެ ބަހަކާއި ޕްރައިވެޓް ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އެހެން ނަމަވެސް ބަހަށާއި ޕްރައިވެޓް ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ހުކުރު ދުވަހުގެ ހަވީރު 4:55 ހާއިރު ކަމަށެވެ. މި އެކްސިޑެންޓްވެފައިވަނީ ޗަނބޭލީ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް އޯވަރޓޭކްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ ކާރާއި ބަހުގައި ދުއްވަން އިން ޑްރައިވަރުގެ އަތުގައި ލައިސެންސް އޮންނަ ކަމަށެވެ. އަދި މި އެކްސިޑެންޓްގެ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
50%
50%
0%
0%
ކޮމެންޓް