ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 19:28
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ޓްވިޓަރ
އުމަރު ނަސީރު
އިދިކޮޅަށް ކޮޅު ބެދިއްޖެކަމަށް ވިދާޅުވެ އުމަރު އާ ވިސްނުމަކަށްދަނީ
 
ކުރިއަށް ދެވޭކަށް ނެތް އަދި ފަހަތަށް ވެސް ނުކުމެވޭކަށް ނެތް

އިދިކޮޅު ކޯލިޝަނަށް ތާއިދުކޮށް އިދިކޮޅާއެކު މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިދިކޮޅުގެ ކޮޅު ބެދިއްޖެކަމަށް ވިދާޅުވެ، އާ ވިސްނުމަކަށް ދިއުމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

އުމަރު މިހެން ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާނެކަމަށް ނުދެކޭކަމަށާއި، މިއަދު އިދިކޮޅަށް ދާނެ މަގެއް ނެތްކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.

ޕީޕީއެމްގެ ލީޑަރޝިޕަށް ޝައުގުރުވެރިކަން ފާޅުކުރައްވާ ޕީޕީއެމް ހިންގުމުގެ ޕްލޭންތައް ކުރެއްވި އުމަރު ވިދާޅުވީ އިދިކޮޅު މިއަދު ވަނީ ކޮޅުބެދިފައި އޮތް މަގަކަށް ވަދެފައި ކަމަށެވެ. އަދި ކުރިއަށް ދެވޭކަށް ނެތް ކަމަށާއި ފަހަތަށް ވެސް ނުކުމެވޭކަށް ނެތްކަމަށް ވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ މިއީ އެމްޑީޕީ އުފާކުރާނެ ހާލަތެއް ކަމަށެވެ. އަދި މި ހާލަތު ބަދަލުކުރެވޭނީ އެހެން ވިސްނުމެއް ނެރެވިގެން ކަމަށެވެ.

އިދިކޮޅުގެ ކޮޅު ބެދިފައިވާކަމަށް އުމަރު ވިދާޅުވިއިރު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރ ކުރެއްވިކަމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ވަނީ ޖަލުހުކުމެއް އިއްވާފައެވެ.

އިދިކޮޅަށް ފާޑުވިދާޅުވެ އާ ވިސްނުމަކަށް ވަޑައިގަންނަވަން އުޅުއްވާކަމަށް އުމަރު ދެއްކެވި ވާހަކައަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައްދު ދެއްވަމުން ވިދާޅުވީ ގައުމު ދަތުރުކުރަމުން މިދާ މިސްރާބާ ދޭތެރޭ އަމިއްލަ އެދުމެއް ނެތި ވިސްނާ ފިކުރުކުރާ ފަރާތްތަކަށް ޝައްކެއް ނެތް މިންވަރަށް މިގައުމުގައި ބޭނުންވަނީ ރައީސް ޔާމީންގެ ވިސްނުމާއި ފިކުރުކަން ޔަގީންވާ ކަމަށެވެ. އަދި އިދިކޮޅުގައި އިތުރު އެހެން ވިސްނުމެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
22%
0%
0%
17%
17%
43%
ކޮމެންޓް
27 ޑިސެންބަރ 2019 | ހުކުރު 19:41
ޢީސަ
ޢުމަރު ބޭނުންވަނީ ޕީޕީއެމްގެ ތެރެއިން ވެރިކަމަށް އަންނަން. އެ ފުރުސަތު އުމަރަށް ނުދޭތި