ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 19:18
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ފްލައިޓުތައް ޑިލޭ ވަނީ އެންމެ ރަންވޭއެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން: އެމްއޭސީއެލް
 
ސިންގަލް ރަންވޭއެއް އޮތުމުން މި ގޮންޖެހުންތައް ދިމާވަނީ
 
ދުވާލެއްގެ މައްޗަށް ރަންވޭއަށް ޖުމްލަ 55 ފްލައިޓް ޖައްސާ
 
މި ދުވަސްކޮޅަކީ ވަރަށް ބާރުބޮޑު ސީޒަނެއް

ފްލައިޓުތައް ޑިލޭވަނީ އެންމެ ރަންވޭއެއް ބޭނުންކުރަން ޖެހުމުގެ ސަބަބުންކަމަށް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ މި ދުވަސްކޮޅަކީ ވަރަށް ބާރުބޮޑު ސީޒަނެއް ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން ޗުއްޓީއާ ދިމާކޮށް އެކި މަންޒިލްތަކަށް ދަތުރުކުރަމުން ދާކަމަށެވެ. އަދި މި ދުވަސްކޮޅު ދުވާލެއްގެ މައްޗަށް ރަންވޭއަށް ޖުމްލަ 55 ފްލައިޓް ޖައްސާކަމަށް އޭނާ ބުންޏެވެ.

މި ބާރު ބޮޑު ސީޒަން ނިނުމުން ފްލައިޓުތައް ޑިލޭވާ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެކަން ފާހަގަކުރައްވާ އަރީފު ވިދާޅުވީ ދާއިމީ ހައްލެއް ލިބިގެންދާނީ އައު ރަންވޭ ހުޅުވިގެންދިޔުމާއެކު ކަމަށެވެ.

އޮޕަރޭޝަންސްގެ ހާލަތު ހުންނަގޮތުން ޑޮމެސިކްޓިކް އެއަރލައިންތަކަށް ވަކި ގަޑިތަކަށް ފޮލޯކުރަން އުނދަގޫވާކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އަރީފު އިތުރަށް ވިދާޅުވީ ރަންވޭއަށް ފްލައިޓުތައް ޖައްސާއިރު އަނބުރާލާފައި އަންނަން 12 -15 މިނެޓް ނަގާނެ ކަމަށާއި އެއަރޕޯޓަށް ފުލު ފުލުގައި ފްލައިޓްތައް ޖައްސާ ކަމަށެވެ. އަދި ބައެއް ފަހަރު ރަންވޭ މެއިންޓެއިނަނަސްގެ ކަންތައްތައް ވެސް އެއަރޕޯޓުގައި ކުރިއަށްދާނެ ކަމަށާއި އެހެންނަމަވެސް މިހާރު މެއިންޓެއިނަނަސް ކަންތައްތައް ބޮޑަށް ކުރިއަށް ގެންދަނީ ރޭގަނޑު ރަންވޭ ބަންދުކޮށްފައި އޮންނަ ގަޑިތަކުގައި ކަމަށް އަރީފު ވިދާޅުވިއެވެ.

ސިންގަލް ރަންވޭއެއް އޮތުމުން މި ގޮންޖެހުންތައް ދިމާވާކަން ފާހަގަކޮށް އަރީފު ވިދާޅުވީ އައު ރަންވޭ ހުޅުވުމުން 3 ވަރަކަށް މިނިޓުގެ ތެރޭގައި ރަންވޭ ކްލިއަރ ކޮށްލެވޭނެ ކަމަށެވެ.

މި ދުވަސްކޮޅު ދުވާލެއްގެ މައްޗަށް ރަންވޭއަށް 230 އާއި 250 ދެމެދުގެ ރަންވޭ މޫވްމަންޓް ހެންޑްލް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 300 ސީޕްލޭން ޓްރެފިކްވެސް ހެންޑްލްކުރާކަމަށް ފާހަގަކުރައްވާ ހަސަން ވިދާޅުވީ ގިނަ ޖެޓްތަކެއް ވެސް އެއަރޕޯޓަށް ޖައްސާ ކަމަށެވެ. އެގޮތުން 55 ހާސް އަކަ މީޓަރުގެ އީސް އޭޕްރަން ވެސް ޖެޓްތަކަށް މި ސީޒިނާ ދިމާކޮށް ހުޅުވާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

އަރީފު ވަނީ މި ބުރަ ސީޒަންގައި އޮޕަރޭޝަންސް މުވައްޒަފުން ކުރާ ހިތްވަރަށް ޝުކުރު އަދާކޮށް، ޖުމްލަކޮށް މުޅި އޮޕަރޭޝަންސް ޓީމަށާއި ސްޓޭކް ހޯލްޑަރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

އެމްއޭސީއެލުން ވަނީ ޕީކް ގަޑިތަކުގައި އެއަރޕޯޓް ތޮއްޖެހުމުން، ފްލައިޓްތައް ޑިލޭވުމާއި ފްލައިޓް އެހެންތަނަކަށް ޑައިވަރޓް ކުރަންޖެހިދާނެ ކަމަށް ބުނެ އޮޕަރޭޓަރުންނަށް ސަރކިއުލަރއެއް ވެސް މީގެ ކުރިން ނެރެފައެވެ.

ހުކުރު ދުވަހުވެސް ގިނަ އެއަރލައިންތަކުގެ ފްލައިޓުތައް ޑިލޭވުމުގެ ސަބަބުން ގިނަ އާންމު ރައްޔިތުން ވަނީ އެކަމުގެ ޝަކުވާ ކޮށްފައެވެ. ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް އެއަރލައިންތަކުން ބުނީ ފްލައިޓްތައް ޑިލޭވުމުން ރަންވޭއަށް ފްލައިޓް ނުޖެއްސި، މަތީގައި އުދުހެން ޖެހޭ ވަގުތު އިތުރުވެގެންދާ ކަމަށެވެ. އެކަމުގެ ސަބަބުން އެ ފްލައިޓްތަކުގެ ތެލުގެ ހަރަދު ދެގުނައަށް ބޮޑުވެގެންދާ ކަމަށް ވެސް އެއަރލައިންތަކުން ބުންޏެވެ.

ފްލައިޓްތައް ޑިލޭވުމަކީ އާއްމުގޮތެއްގައި ޕަސެންޖަރުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
0%
0%
33%
0%
0%
ކޮމެންޓް