ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 14:43
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ ވާހަކަދައްކަވަނީ
ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ ވާހަކަދައްކަވަނީ
ހޯމް މިނިސްޓްރީ
އެއްބައިވަންތަ ކަމުގެ ދުވަސް
އިޖުތިމާއީ "ބަލިތަކުން" ސަލާމަތްވެވޭނީ އެންމެން އެކަތިގަނޑަކަށްވެގެން: އިމްރާން
 
ރައްޔިތުންގެ ތަރައްޤީއާއި މަންފާއަށްޓަކައި އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ވިދާޅުވި
 
ސުނާމީގައި ތ ވިލުފުއްޓަށް ލިބިފައިވާ ގެއްލުންތަކަށް އަލިއަޅުވާލެއްވި
 
ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމަށް ވިދާޅުވި

މުޖުތަމައަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް ހުރިހާ ދިވެހިން އެކުގައި މަސައްކަތްކުރުމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ތ. ވިލުފުށީގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއާއި، ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުން ފަދަ އިޖުތިމާއީ "ބަލިތަކުން" ސަލާމަތްވުމަށް ހުރިހާ ދިވެހިން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދައިން މަސައްކަތް ކުރުމަށް ހުރިހާ ދިވެހިންނަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޭގެއިތުރުން، ދިވެހިންނަކީ ޒަމާނުއްސުރެ އެއްބައިވަންތަ ބައެއް ކަމަށާއި، ސުނާމީއަކީ ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ކުރިމަތިވި އެންމެ ބިރުވެރި އަދި ހިތާމަވެރި އެއް ކާރިސާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސުނާމީގައި ތ. ވިލުފުއްޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ. އަދި ހާލުގައި ޖެހުނު ރަށްތަކަށް ކައިރި ރަށްރަށުން ވެދިން އެހީތެރިކަން ދިވެހިންގެ އެއްބައިވަންތަ ކަމުގެ މިސާލު ދައްކައިދިންކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޤައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި، ރައްޔިތުންގެ ތަރައްޤީއާއި މަންފާއަށްޓަކައިވެސް ރައްޔިތުންނަކީ އެކަތިގަނޑަކަށްވާން ޖެހޭނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
26 ޑިސެންބަރ 2019 | ބުރާސްފަތި 15:35
ހޔތފގ8
7 ފެބުރުއަރީގަ ކޮބާތޯ ތިބުނުއްވާ ކަންތައްތައް.. ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނަން ފަޔަށް ހިނިއަރައިގެން، ލޮލޮފިޔައެއް ނުޖެހި އުޅުއްވި އިރު ކޮބާތޯ ތިބުނުއްވާ ވާހަކަތައް؟؟ މީނަ ހޯމް މިނިސްޓަރަށް ވީމަ އެންމެން ތިބެންވީ ބަސްއަހައިގެން ޗުއްޕު ކިޔައިގެން.. މާ މަތިވެރި މީހަކަށް ހެދިގެން އުޅުނަސް ތީ ހަމަ ބާގީން.. ބަގާވާތުގެ އިސްލީޑަރުން..