ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 13:03
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު)
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު)
ރައީސް އޮފީސް
ފުލުހުން
ތަހުޤީޤު ކުރުމުގެ ޤާބިލުކަން އިތުރު ކުރުމަކީ އަންނަ އަހަރުގެ އެންމެ ބޮޑު އެއް އަމާޒު: ސީޕީ ހަމީދު
 
ޤާސިމްގެ ޤާތިލާއި ދެކޮޅަށް ފުލުހުން ވަނީ މުހިއްމު ހެކިތަކެއް ހޯދާފައި
 
ތަޙުޤީޤުތައް ހިންގުމުގައި އަދިވެސް ކުރިއަރުވަންޖެހޭ ކަންކަން ހުރި ކަމަށް ވިދާޅުވި
 
އާންމުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށް ވިދާޅުވި

ފުލުހުންގެ އިދާރާގެ ތަޙުޤީޤު ކުރުމުގެ ޤާބިލުކަން އިތުރު ކުރުމަކީ އަންނަ އަހަރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.

ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ޙަސަންގެ މަރުގެ ތަޙުޤީޤު ހިންގި ފުލުސް އޮފިސަރުންނާއި ތަޤުރީފުކުރައްވާ ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮފިސަރުންގެ މަސައްކަތް ފާހަގަކުރައްވާ ކަމަށާއި، އޮފިސަރުން ކުރެއްވި ފަރުވާތެރި އަދި ބުރަ މަސައްކަތްތަކުގެ ސަބަބުން ޢާންމުންގެ މެދުގައި ފުލުހުންގެ އިދާރާއަށް އޮތް އިތުބާރު ބޮޑުވެއްޖެ ކަމަށެވެ.

އޭގެ އިތުރުން، ފުލުހުންގެ ތަޙުޤީޤުތައް ހިންގުމުގައި އަދިވެސް ކުރިއަރުވަންޖެހޭ ނުވަތަ ތަރައްޤީކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވާ، މިފެށޭ 2020 ވަނަ އަހަރަށް އޮތް އެންމެ ބޮޑު އެއް އަމާޒަކީވެސް ފުލުހުންގެ ތަޙުޤީޤުތަކުގެ ޤާބިލިއްޔަތުކަން އިތުރު ކުރުން ކަމަށް ޙަމީދު ވިދާޅުވިއެވެ.

އުމުރުން 59 އަހަރުގެ ޤާސިމް މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. ގާސިމް މަރުވެފައިވަނީ، ޤާތިލު އޭނާގެ ކަރަށް ވަޅި ހެރުމާ ގުޅިގެން ކަމަށް ފުލުހުންގެ ތަހުޤީޤުންވަނީ ހާމަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް