ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 09:11
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ރައީސް އޮފީސް
ޖަލުތައް
ޖަލު ހުކުމްތައް އެހެން ހުކުމްތަކަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަނީ
 
އެޓަރނީ ޖެނެރަލް އޮފީސް އަދި ހޯމް މިނިސްޓްރީއާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން
 
ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުން
 
ޖަލުތައް ފުރި ޤައިދީންތަކެއް ކަރެކްޝަނަލް ސަރވިސްއާއި ހަވާލުކުރުމަށް ވަނީ ދަތިވެފައި

ޖަލު ބަންދުގައި ޙުކުމް ތަންފީޒު ކުރަމުންދާ ޤައިދީންގެ ޙުކުމް އެހެން ޙުކުމަކަށް ބަދަލުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަަަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޖަލުތައް ފުރި ޤައިދީންތަކެއް ކަރެކްޝަނަލް ސަރވިސްއާއި ޙަވާލުކުރުމަށް ދަތިވެފައިވާ ކަމުގެ ވާހަކަތައް ފެންމަތިވެފައިވަނިކޮށް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ޤާނޫނުލްއުޤޫބާތުގެ ދަށުން އަދަބުގެ ބާވަތް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޖަލު ޙުކުމް އެހެން ޙުކުމަކަށް ބަދަލު ކުރުމަށް ބައެއް ޙާލަތްތަކުގައި ޤާނޫނުލްއުޤޫބާތު ތަންދޭ ކަމަށާއި، ޕީޖީ އޮފީހާއި އެޓަރނީ ޖެނެރަލް އޮފީސް އަދި ހޯމް މިނިސްޓްރީއާއި ގުޅިގެން އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އެ ފަރާތްތަކާއި ގުޅިގެން ކުރާ މަސައްކަތްތަކުގެ ދަށުން ޖަލުތައް ތޮއްޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝަމީމް އެހެން ވިދާޅުވެފައިވާއިރު، ކަރެކްޝަނަލް ސަރވިސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ ޖަލުތަކުގެ ޖާގައަށް ވުރެ އިތުރަށް 700 ޤައިދީން އެބަތިބިކަމަށާއި، 2020 ވަނަ އަހަރު ނިމިގެންދާއިރު އެކަމަށް އެކަށީގެންވާ ބޮޑު ޙައްލެއް ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ނޭކުރަންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު މުޅި ޖަލުތަކުގެ ނިޒާމަށް ރާއްޖޭގައި ބޮޑު ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ..

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
40%
0%
60%
ކޮމެންޓް