ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 00:08
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޝުއައިބް މުހައްމަދު އިގްބާލް
އިންކަމް ޓެކްސް
އިންކަމް ޓެކްސްއަށް ޤާސިމް: "ހިތި ބޭސް ގުޅަވެސް ކާލަންޖެހޭ ފަހަރު އަންނާނެ"
 
އިންކަމް ޓެކްސް ނެގުމުގެ ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ޤާސިމް ވޯޓުދެއްވި
 
ސަރުކާރުން ޓެކްސް ނަގަނީވެސް ރައްޔިތުންގެ މަންފާއަށް ކަމަށް ވިދާޅުވި
 
އިންކަމް ޓެކްސްއަށް ރައްޔިތުން ސަމާލުވެތިބުމަށް އެދިވަޑައިގެންނެވި

އަންނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފަށާއިރު، އެއީ ހިތި ބޭސްގުޅައެއް ކާލަންޖެހުންފަދަކަމެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ސިފަކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމްތައް ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންކަމް ޓެކްސްއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ، އަންނަ ޖެނުއަރީ މަހު އިންކަމްޓެކްސް ނަގަން ފަށާނެ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވެތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ހިތި ބޭސްގުޅަވެސް ބައެއް ފަހަރު ކާން ޖެހިދާނެ ކަމަށާއި، ހިތާ ދެކޮޅަށްވެސް ކުރަންޖެހޭ ބައެއް ކަންކަން ހުންނަކަން ޤާސިމް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުން މިހާރު މިއޮތީ ޓެކްސްއަށް ތައްޔާރުވާން ވެފައޭ، 60،000 އިން އިންކަމްޓެކްސް ލިބޭ ކޮންމެ މީހެއްގެ އަތުން ނަގާ ގޮތަށް ތައްޔާރުވެފަމިވަނީ، މާ ލަހެއް ނުވެ އެކަން ފެށިގެން އަންނާނެ، 1 ޖެނުއަރީން ފެށިގެން ނަގާ ބަޔަކާ އަދި ހަތަރު މަސް ދުވަސް ފަހުން ނަގާ ބަޔަކާ ދެބަޔަކަށް ބެހިގެން އެބަދޭ، އެހެންވީމާ ހުރިހާ ރައްޔިތުންވެސް އެއަށް ސަމާލުވާން އެބަޖެހޭ، ދެން ބައެއް ފަހަރު ހުންނާނެ ހިތި ބޭސްގުޅަވެސް ކާލަންޖެހޭ، ކާލީމާ ރަނގަޅުވާނެ، ހިތާ ދެކޮޅަށްވެސް ކާލަންޖެހޭ ބޭސް ގުޅަގުޅަ ހުރޭ،
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

އޭގެ އިތުރުން، އާމްދަނީން ޓެކްސް ނެގި ނަމަވެސް އޭގެ އެންމެ އެދެވޭ ލާބައާއި މަންފާ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، ޓެކްސްގެ ފައިސާއަށް ހިޔާނަތްތެރި ނުވެ އޭގެ ވެރި ފަރާތްތަކަށް ލިއްބައިދެވިއްޖެނަމަ "ހިތިބޭސްގުޅަ" ކައިގެންވެސް މަންފާ ލިބިގަނެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

މި ހިތިބޭސްގުޅަ ކާލައިގެންވެސް އަޅުގަނޑުމެންނަށް ލިބޭ ލުއިކަން ލިބިއްޖެއްޔާ އެއީ ވަރަށް ބޮޑު ރަނގަޅެއް، އެ ޓެކްސް ދައްކައިގެން ލިބޭ ފައިދާއިން ހުރިހާ ރައްޔިތުންނަށް އެއަށް ހިޔާނަތްތެރި ނުވެ އަމާނަތްތެރި ކަމާއެކު ރައްދުކޮށްދޭންޖެހޭ މީހުންނަށް ބަރާބަރަށް ރައްދުކޮށްދެވިގެން އެންމެ ފައިދާހުރި ގޮތަކަށް ޑެލިވަރ ކޮށްދެވޭކަމަށްވަންޏާ އެއްކަލަ ހިތިބޭސްގުޅަ ކެއިމަ ގަދައަށް ހުންއައިސްފަ ތުރުތުރު އަޅާފަ މީހާ ރަނގަޅުވެގެން ދިޔާމަ އޭގެ ނަސީބު އަޅުގަނޑުމެންނަށް އެބައޮތޭ،
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޤާސިމް އިތުރަށް ވިދާޅުވީ، ސަރުކާރުން ޓެކްސް ނަގަނީވެސް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށާއި، ޓެކްސްގެ މަންފާ އެންމެ ފައިދާހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަން ނުހިމެނޭނެ ކަމަށް ޔަޤީން ކުރައްވާ ކަަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

އިންކަމްޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައިވާއިރު، އާމްދަނީން ޓެކްސް ނެގުމުގެ ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގާގޮތަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާއަށް ވުރެ މަތިން ލިބޭ ފަރާތްތަކުން ޓެކްސް ނެގިގެންދާނެ އެވެ. ދެން ހުރި ޓެކްސްތައް އަންނަ ޖެނުއަރީ މަހުން ފެށިގެން ނެގުމަށް ވަނީ ފާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
30%
60%
0%
10%
0%
0%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 01:08
ކޮތަރުބިސް
ކޮބާ ކަލޯ ތީހިތި ބޭހެކޭ ބުނީމާ އަމިއްލައެދުން ބޮޑުކޮށް މާމީރު ބޭސް ފުޅިއެއްކަމައް ދެކޮޅުވިއްދާނަގާ ފަ ގަތީމަ ގަނެވުނީ ހަބަރައްވުރެން ހިތިބޭސް ފުޅިއެއްކަން ރަނގަޅައް އިހުސާސް ކުރެވޭ ދޯ