ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 00:24
މިމީގެ ޕޯސްޓަރ
މިމީގެ ޕޯސްޓަރ
އިންސްޓަގްރާމް
ކްރިތީ ސެނޯން
މިމީގެ ޝޫޓިންގެ 40 ޕަސެންޓް ނިމިއްޖެ: ކްރިތީ
ބާކީހުރި މަންޒަރުތައް ޝޫޓްކުރަނީ ފެބްރުއަރީ މަހު
ބައެއް މަންޒަރުތައް ރާޖަސްތާނުގައި ނަގާފައިވޭ

ކްރިތީ ސެނޯން ސަރޮގޭޓް މަދަރއެއްގެ ރޯލުން ފެނިގެންދާ ފިލްމު ''މިމީގެ'' 40 ޕަސެންޓް ޝޫޓިން ނިމިއްޖެ ކަމަށް އޭނާ ހާމަކޮށްފިއެވެ.

ފިލްމާއި ބެހޭގޮތުން އިންޑިއާގެ މީޑިއާގައި ވާހަކަދައްކަމުން ކްރިތީ ބުނީ، ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް ޝޫޓްކޮށް ނިމިފައިވާ ކަމަށެވެ.

ބާކީހުރި މަންޒަރުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ހަމަޖެހިފައިވާއިރު ފިލްމުގެ ޝޫޓިންތައް އެންމެފަހުން ކުރިޔަށް ގެންގޮސްފައިވަނީ ރާޖަސްތާންގެ މަންދްވާގައެވެ.

މި ފިލްމާއި ގުޅޭގޮތުން ކްރިތީ ބުނެފައިވަނީ މި ފިލްމުގައި ދައްކުވައިދެނީ އެކްޓަރ އަކަށްވާން ބޭނުންވާ މަންދަވާގެ ޒުވާން ނެށުންތެރިއަކު ދެމަފިރިއެއްގެ ސަރޮގޭޓަކަށްވާ މަންޒަރު ކަމަށެވެ. އެކަމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފެނިގެންދާނެ ކަމަށް ކްރިތީ ވަނީ ބުނެފައެވެ.

- ކޮމެންޓް