ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 07:28
ސައިފް އަލީ ހާންއާ ރާނީ މުކާރްޖީ
ސައިފް އަލީ ހާންއާ ރާނީ މުކާރްޖީ
ބޮލީވުޑް ހަންގާމާ
ބަންޓީ އޯރް ބަބްލީ 2
11 އަހަރު ފަހުން ސައިފްއާ ރާނީ އެކުގައި ފިލްމަކުން
ފިލްމުގެ ޝޫޓިންތައް ދަނީ ކުރިޔަށް
ދެ މީހުން ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައި

11 އަހަރު ފަހުން ސައިފް އަލީ ޚާންއާ ރާނީ މުކަރްޖީއާ ދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

އެ ދެތަރިން އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ މީގެ 11 އަހަރު ކުރިން ރާނީ ކުޅެފައިވާ ބަންޓީ އޯރް ބަބްލީގެ ސީކުއަލްގައެވެ. މީގެ ކުރިން އެ ދެމީހުން ވަނީ ''ހަމް ތުމް'' އަދި ''ތާރާ ރަމް ޕަމް'' ގައި މަސައްކަތް ކޮށްފައެވެ.

ޔޭޝްރާޖް ފިލްމް ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގައި، ގަލީ ބޯއި އިން ޢާއްމުންގެ ސަމާލުކަން ހޯދި ސިދާންތަ ޗަތުރްވޭދީގެ އިތުރުން މުޅިން އަލަށް ބޮލީވުޑް އަށް ތަޢާރަފު ވެގެންދާ ޝަރްވަރީ އެވެ.

ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސައިފް ބުނީ، ބަންޓީ އޯރް ބަބްލީ 2 އަކީ މުޅިން ތަފާތު ރިބޫޓަކަށް ވެގެންދާނެ ކަމަށެވެ. އަދި ފިލްމުގެ ސްކްރިޕްޓަކީ ވަރަށް ފުރިހަމަ ސްކްރިޕްޓެއް ކަމަށާއި، އެއީ ޢާއިލާ އެންމެންނާއެކު ބަލަން ރަނގަޅު ފިލްމެއް ކަމަށް ސައިފް ބުންޏެވެ.

އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވަރުން ޝަރުމާއެވެ.

- ކޮމެންޓް