ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 13:32
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ދަފްތަރުގައި ހިމެނޭ ފަރާތްތައް ބަހާނީ ދާއިރާތަކަށް މަދުވާ މިންވަރުން އަދަދު ހަމަކުރުމަށް: އަކްރަމް
 
ލޯކަލް ކައުންސިލް އިންތިހާބުގައި ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ފަސޭހަތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން

މާލޭގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ބަހާނީ، ދާއިރާތަކުން މަދުވާ ބައި ހަމަކުރުމަށް ނަންބަރު ތަރުތީބުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ދަފްތަރަކީ އެންމެންގެ ކަންބޮޑުވުންވެސް އޮތްކަމެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކޮންމެ އިންތިޚާބެއްގަ ވެސް ކަންކުރާ އުޞޫލުން މި އިންތިޚާބާމެދުވެސް ދަފްތަރާއި މެދު އަމަލުކުރާނެ ގޮތަކާވެސް މަޝްވަރާކޮށްފައިވާކަމަށެވެ.

އެގޮތުން ދަފްތަރުގައި ހިމެނޭ 9500 ބޭފުޅުން ދެ ދާއިރާއަކަށް ބަހާލުމަށްފަހު ހުޅުމާލެއަށް އެ 2 ސީޓް އިތުރުކޮށް ހުޅުމާލޭގައި ޖުމްލަ 3 ސީޓް ހިމެނޭގޮތަށް ކުރިއަށް ގެންދަންވެސް ކޮމިޝަނުގައި ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންނަމަވެސް ޤާނޫނަށް ބަލާއިރު އެއީ ކުރެވޭނެކަމަކަށް ނުފެންނާތީ އެކޮމިޝަނުން އެގޮތައް ޢަމަލުނުކުރާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެހެންވީމަ މިފަހަރު ދަފްތަރު ބަހާލުމުގައި އަމަލުކުރަންވީ ގޮތަކީ ދާއިރާތަށް ބަހާލާ އިރުގައި އާބާދީއަށް މަދުވާ ބައި، މިސާލަކަށް ދާއިރާއަކަށް މި ޖެހެނީ 4000 ކޮންމެވެސް ވަރެއް. ޖެހޭ އިރު އެ މަދުވާ ބައި ހަމަޖެއްސުމަށްޓަކައި މި ފަހަރު ވެސް ދަފްތަރު ބަހާލާނީ. ދަފްތަރު ބަހާލުމުގައި އަޅުގަނޑުމެން އަމަލުކުރާނީ ހަމަހަމަކަމާއެކު ބަހާލެވޭތޯ. އެ ހަމަހަމަ ކަމަކީ ދާއިރާއެއްގެ އެންމެ ގިނަ ކަމަކީ 4500 ކަމުގައިވާނަމަ ޖެހިގެން އޮތް ދާއިރާއަށް މަދުވަނީ އެ ދާއިރާއަށް ދާނީ އެންމެ 300 މީހުން. އެހެންވީމަ ނިސްބަތުން ބަހާލާނީ،
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް

އަކްރަމް ވިދާޅުވީ ދަފްތަރު ބަހާލުމުގައި ދެން ޢަމަލު ކުރައްވާނީ ކުރިން އަމަލުކުރި ރެންޑަމް ކައުންޓިންގ ސިސްޓަމެއްގެ ގޮތަށް އޮޓަމެޓިކުން ނަންބަރުތަކެއް ނެގޭގޮތަށް ކަމަށެވެ. މިކަމާ ގުޅޭގޮތުން މިހާތަނަށް ގޮތެއް ކަނޑައަޅާފަ ނުވިނަމަވެސް، މިފަހަރު ކޮމިޝަންގެ ވިސްނުން ހުރީ ނަންބަރު ތަރުތީބުން ބަހާލުމާ ދޭތެރޭގައި ކަމަށެވެ. އެހެންކަމުން ދަފްތަރުގައި މިހާރު ތިބި ބޭފުޅުން ވޯޓުލާނެތަނެއް އަދި ދަންނަވަން ނޭނގޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ދަފްތަރުގައި ހިމެނޭ ފަރާތްތައް ވޯޓްލާން ދާއިރާތަކަށް ބަހާލާއިރު ކޮންމެ އިންތިޚާބެއްގައި ވެސް މައްސަލަ ޖެހޭތީ އެކަމަށް ލުއިފަސޭހަ ގޮތެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް