ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:08
މ. އެވަރެސްޓްގެ އާގޭގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
މ. އެވަރެސްޓްގެ އާގޭގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ޕޮލިސް
ޕޮލިސް
ކެފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުންދިޔަ އިތުރު ދެ ގެއެއް ރެއިޑްކޮށް 21 މީހަކު ހައްޔަރުކޮށްފި
 
މި އޮޕަރޭޝަންތަކުގައި މިހާތަނަށް 58 މީހަކު ވަނީ ހައްޔަރުކޮށްފައި، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން މާލޭގެ 2 ގެއެއް ރެއިޑްކޮށް މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ހޮނިހިރު ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މ. ޏަމްޏަމްގެ ރެއިޑްކޮށް މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށެވެ. އަދި އެ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ރެއިޑްގައި މ. ޏަމްޏަމް ގެއިން ހައްޔަރުކުރީ 10 ދިވެހިން ކަމަށެވެ. މީގެ ތެރޭގައި 9 ފިރިހެނުންނާއި އަންހެނަކު ހިމެނޭ ކަމަށެވެ.

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް، އެ ބޭނުންކުރެވޭނެ ހިދުމަތްތައް ފޯރުކޮށްދޭ އައްޑާއެއް ރެއިޑްކޮށް، ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ވަނީ އެހެން ގެޔަކުން ވެސް ބަޔަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މ. އެވަރެސްޓް އާގެ ރެއިޑްކޮށް ފުލުހުން ހިންގި އޮޕަރޭޝަނުގައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހި 2 އަންހެނުންނާއި، ދިވެހި 8 ފިރިހެނުންގެ އިތުރުން ބަންގުލަދޭޝް މީހެއް ކަމަށެވެ.

ފުލުހުން ބުނީ މި މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ކަމަށާއި، އަދި އެ ގެ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މ. ޔަމްޔަމްގޭގައި ހިންގި ރެއިޑްގެ ތެރެއިން

މި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ހިންގާ އޮޕަރޭޝަނުގެ ތެރެއިން ފުޅާ ދާއިރާއެއްގައި "ކެފޭ އުސޫލުން" މަސްތުވާތަކެތީގެ ޚިދުމަތްދޭ ހަތް ތަނެއް މިހާތަނަށް ފާސްކޮށް ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

ޑްރަގް އޮޕަރޭޝަންގައި ފާސްކޮށްފައިވާ ގެތަކަކީ ފުޅާ ދާއިރާއެއްގައި ''ހައި ސެކިއުރިޓީ'' އާއެކު މަސްތުވާތަކެތި ބޭނުންކުރުމުގެ "ޚިދުމަތްތައް" ފޯރުކޮށްދެމުންދާ ތަންތަނެވެ. އަދި އެ ތަންތަނަކީ ސީދާ އެކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަންތަނެވެ.

މި ޑިސެމްބަރު މަހުން ފެށިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި، މިހާތަނަށް 58 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިތަނުން އެއް ބަޔަކު ކޯޓުންނާއި ފުލުހުން ދޫކޮށްލާފައިވާއިރު، މިހާރު ހައްޔަރުގައި ތިބީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
25%
50%
25%
ކޮމެންޓް
22 ޑިސެންބަރ 2019 | އާދީއްތަ 11:27
ޙަބަރު
ފުލުހުން އެބަޖެހޭ މިމީހުންގެ މޫނު ދައްކަންް އެއިރުން ދޯ ރައްޔިތުންންށް ވެސް އެންގޭނީ