ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 19:03
ހޮނިހިރު ދުވަހު މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހޮނިހިރު ދުވަހު މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ހަރުކަށި ފިކުރު
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ޑރ އިޔާޒާއި ސަލަފަށް!
 
ޖާނުން ފިދާވެ ދޭ ހަމަލާތައް ހުއްދަވާގޮތަށް ޝެއިޙް އާދަމް ވާހަކަދެއްކެވިކަމަށް ބުނޭ
 
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ ބިން ޖަނާބް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނި
 
އުސާމާ ބިން ލާދިންއަކީ ހެޔޮ މީހެއްގެ ގޮތުގައި ޑރ އިޔާޒް ދެއްކެވިކަމަށް ބުނި

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުގެ އިތުރުން ޖަމިއްޔަތުއް ސަލަފްގެ ގިނަ އިލްމުވެރިންތަކެއްގެ މައްޗަށް ކޮށްފިއެވެ.

ހޮނިހިރު ދުވަހު މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ތުޙުމަތުތައް ޑރ. އިޔާޒާއި ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ ދީނީ އިލްމުވެރިންތަކެއްގެ މައްޗަށް ކޮށްފައިވާއިރު، ސަލަފް ޖަމިއްޔާ އަބަދުވެސް ހައްދުފަހަނަ އެޅުމާއި ހަރުކަށި ފިކުރާ ދެކޮޅުވާނެކަމަށް އެ ޖަމިއްޔާއިން މީގެ ކުރިން ބުނެފައިވެއެވެ.

ނަމަވެސް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަކްތަބާ ސަލަފިއްޔާގެ އިލްމުވެރިއެއް ކަމަށްވާ ޝެއިޙް މުހައްމަދު ހަސަން ވިދާޅުވީ، އުސާމާ ބިން ލާދިންއަކީ ޖިހާދު ކުރި މީހެއްގެ ގޮތުގައި ހަދައި، އުއްމަތަށް އެއީ ހެޔޮ މީހެއް ކަމުގައި ދޭހަކޮށްދޭ މޭރުމަކުން ޑރ. އިޔާޒް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ އުފަލާއި އަރާމު ދޫކޮށް، ﷲ ގެ މަގުގައި ޖިހާދު ކޮށްފައިވާ މުޖާހިދެއްގެ ގޮތުގައި މޭރުންވާގޮތަށް ޑރ. އިޔާޒް 5 މޭ 2011 ގައި ވާހަކަދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޙް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ބިން ޖަނާބް) އާއި ގުޅޭގޮތުން މަކްތަބާ ސަލަފިއްޔާއިން ބުނީ، ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މީހުންނާ ދެކޮޅަށް ހަމަލާދިން ޚަވާރިޖު ޑޮޓް ފިކުރު މީހުންގެ ކިބައިން ނަމޫނާ ލިބިގަންނަން ބުނެ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ ބިން ޖަނާބް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މީހުންނަށް ދިން ހަމަލާ ދިފާއުކޮށް ބިން ޖަނާބު ދެއްކެވިކަމަށް ބުނާ ވާހަކަ

އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ހަނގުރާމައަށް ގޮސް ތިބި ފަރާތްތަކަށް އެހީވާން ބޭނުންވާ ކަމަށްބުނެ އައިސިސް އަދި ޖަބްޙަތުއްނުބްރާއާއެކު ކުރިން ކޯލިޝަނެއްގައި އޮތް ޖަމާއަތެއްގެ ލީޑަރު ކަމަށްވާ އުވައިހާންއަށް 2013 ވަނަ އަހަރު ބިން ޖަނާބް ކުރެއްވި ޓްވީޓު ތަކެއްވެސް މަކްތަބާ ސަލަފިއްޔާއިން ވަނީ ހިއްސާކޮށްފައެވެ.

މިއީ ދިވެހިރާއްޖޭގައި ތިބި ތިޔަބައިމީހުންގެ އަޚުންގެ ފަރާތުން ފޮނުވާ މެސެޖެކެވެ. ޝާމުގައި ތިބި އެކުދިންގެ ޖިހާދު ކުރާ އަޚުންނަށް އެހީތެރިވާނީ ކިހިނަކުންތޯ ސުވާލު ކުރަމެވެ. ތިޔަބައިމީހުންގެ އަޚާ، ދިވެހި ރާއްޖޭގެ އަބްދުﷲ އެވެ.
އުވައިހާންއަށް 2013 ވަނަ އަހަރު ބިން ޖަނާބް ކުރެއްވި ޓްވީޓުގެ އިބާރަތް
ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޙް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ބިން ޖަނާބް)
ކީރިތި ރަސޫލާގެ ކާޓޫނު ކުރެހި މީހުންނަށް ދިން ހަމަލާ ދިފާއުކޮށް ބިން ޖަނާބު ދެއްކެވިކަމަށް ބުނާ ވާހަކަ

އޭގެ އިތުރުން، ސަލަފަށް ނިސްބަތްވާ އިލްމުވެރިއެއް ކަމަށްވާ އައްޝައިޙް އާދަމް ނިޝާން ބިން އަލީ އާދަމްވެސް ހަރުކަށި ފިކުރު ފެތުރުމަށް ބާރުއަޅާގޮތަށް ވާހަކަދައްކަވާފައިވާ ކަމަށާއި، ޖާނުން ފިދާވެ ދޭ ހަމަލާތައް ހުއްދަވާގޮތަށް ޝެއިޙް އާދަމް 2014 ވަނަ އަހަރު ދެއްކެވި ބައެއް ވާހަކަތައް މަކްތަބާ ސަލަފިއްޔާއިން ވަނީ މީޑިއާއާއި ހިއްސާކުރައްވާފައެވެ.

ޖާނުން ފިދާވެ ދޭ ހަމަލާތައް ހުއްދަވާގޮތަށް ޝެއިޙް އާދަމް 2014 ވަނަ އަހަރު ދެއްކެވި ބައެއް ވާހަކަތައް

އޭގެ އިތުރުން، ސަލަފްގެ އިލްމުވެރިއެއް ކަމަށްވާ ޝެއިޙް އާދަމް ޝަމީމްވެސް ޖާނުން ފިދާ ވުމުގެ ހަމަލާ ހުއްދަކޮށް ވާހަކަ ދައްކާފައިވާކަމަށް މަކްތަބާ ސަލަފިއްޔާއިން ބުނެއެވެ. އެގޮތުން "ފިދާއީ ހަމަލާއަކީ އެންމެންނަށްވެސް ބޭނުންޖެހިދާނެ އެއްޗެއް" ކަމަށް ދޭހަވާގޮތަށް ޝެއިޙް އާދަމް 2009 ވަނަ އަހަރު ދެއްކެވި ބައެއް ވާހަކަތައް މީޑިއާއާއި ހިއްސާ ކޮށްފައިވެއެވެ.

ޝެއިޙް އާދަމް ޝަމީމް
ޝެއިޙް އާދަމް ޝަމީމް ދައްކަވާފައިވާ ވާހަކަތައް

ސަލަފް ޖަމިއްޔާއަށް ނިސްބަތްކޮށް ބޮޑެތި ތުޙުމަތުތަކެއް ކުރެވިފައިވާއިރު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން މަަރު ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ސަބް ކޮމެޓީއެއް އެކުލަވާލާލުމަށް ފަހު ވަނީ ރިޕޯޓެއް ތައްޔާރުކޮށްފައެވެ. ސަބް ކޮމެޓީގެ ރިޕޯޓުގައި ސަލަފު ޖަމިއްޔާއަކީ ޓެރަރިޒަމްއަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، މަކްތަބާ ސަލަފިއްޔާއިން ޖަމިއްޔަތުއް ސަލަފްގެ އިލްމުވެރިންނަށްވެސް ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުތަކެއް ކޮށްފައިވާއިރު، ޖަމިއްޔަތުއް ސަލަފް އުވާލުމަށް ރައީސް ނަޝީދު މަސަތްކަތް ކުރައްވަން ފެއްޓެވި ހިސާބުން ޑރ. އިޔާޒްވެސް ވަނީ ބަހުގެ ހޫނު ހަމަލާތަކެއް އެމަނިކުފާނަށް ރައްދު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
17%
37%
2%
24%
5%
15%
ކޮމެންޓް
22 ޑިސެންބަރ 2019 | އާދީއްތަ 09:25
އަޖައިބު އަންތަރީސް
އަދި އަންތަރީސްވާކަށް ނުވޭ.. ކޮންމެ މީހަކުވެސް ބަލަންވީ ﷲ ގެ މަގުގައި އުނގެނި ސާބިތުވެ ތިމާގެ އަނބި ދަރިން ސާބިތުކުރެވޭތޯ އޯގާތެރި ކމާއި އެކު މަސައްކަތްކުރަން، ނޭނގޭ މީހުން އުނގެނިގެން ތިބި މިހުންކައިރީ އަހައި އޮޅުންފިލުވާނީ... އާމުން، ދަރިވަރުން، މުދއްރިސުން، އުސްތާޒުން، ޝޭޚުން، މުޙައްދިސުން، މުފައްސިރުން، ވެރިން ދެނެގަނެ ކޮންމެ މީހަކުވެސް އެމީހޭއްގެ ގޮޅިން ބޭރުނުވެ ހުރެވޭތޯ ބަލަންޖެހޭނީ އެއަށްފަހު އެގޮތަށް ނޫޅެވޭ މީހާއާއި ދޭތެރޭ އަންތަރީސް ވާނީ..... ނުވައެއް ވާނަމަ ވަރަށް މާފް....
21 ޑިސެންބަރ 2019 | ހޮނިހިރު 22:18
ާއަންތަރީސް
ކީއްވެގެންތޯ އަޅުގަނޑުމެންގެ ޝޭޙް ގދ.ރަތަފަންދޫ ސަލްމާން ރަޝީދު ވާ ހަކަފުޅު ނުދެއްކެވީ..! ރަތަފަންދޫ ސްކޫލްގެ ޙާލަތު އެބޭފުޅާގެ ސަބަބުން : 1.ސްކޫލްގެ އެސެމްބްލީ އެއް ނުބޭއްވޭ ލަވައެއް އިންނާތީ 2.ސްކުލްގެ އެކްޓިވިޓީ ކަލަންޑާރ ގައި ހިމެނޭ އިތުރު އެއްވެސް ހަރަކާތެއް ނުބޭއްވޭ، އެއްވެސް ދުވަ ހެއް ފާ ހަނގަ އެއް ނުކުރެވޭ! 3.އާރޓް މާއްދާގައި މިއުޒިކް އިންނަބައި ނުކިޔަވައި ދެވޭ! 4.ޕްރީސްކޫލް ކުދިންނަށް ލަވަކިޔުމާއި ލަވަ ޖެ ހުން މަނާ އަދި ކޮންމެ ހެން ކުދިންނައް އިނގެން ޖެ ހޭ ހަރަކާތްތަށް ނުބޭއްވޭ ( މިސާލަކައް ޙައްޖު ކުރާ ގޮތް ދަސްކޮއްދިނުން ) 5.ސްކޫލް ކުދިން ޙައިލު ދުވަސްވަރުގަ އެއްޗެ ހި ބޭނުން ކޮށްގެން ( އަންގި،ފޮތި ފަދަ ތަކެތި ) ޙަތިމްގަ އަތްލުމަކީ ހުއްދަ ކަމެއްކަމައް ބުނެ އެކަމައް ބާރު އެޅުން. 6. ފަ ހުއައްތަ ހިޔާތު ކިޔާތަކެތި މިނިސްޓިރީ ހުއްދަޔަކާނުލާ އިސްފަސް ކޮށްގެން ކުދިންނައް ކިޔަވާދިނުން މީ ޙަރުކަޝި ފިކުރު ނޫން ދެން ކޮންކަމެއްތޯ.! މިގޮތަށް ކުދިންނައް ކިޔަވާ ދެވޭނެ ތޯ....!