ފޯބްސް 2019 ގެ އެންމެ އަގުބޮޑު އިންޑިއަން ސެލްބްރިޓީންގެ ލިސްޓގެ އެއްވަނައަށް އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ވެއްޖެ އެވެ.
2016 ވަނަ އަހަރުން ފެށިގެން ފޯބްސްގެ އެންމެ އަގުބޮޑު ސެލްބްރިޓީންގެ ލިސްޓުގެ އެއްވަނަގައި އޮތީ ބޮލީވުޑްގެ ތަރި ސަލްމާން ޚާނެވެ. ނަމަވެސް މިއަހަރު ސަލްމާން އޮތީ މި ލިސްޓްގެ ތިން ވަނައިގައެވެ.
ފޯބްސް 2019 ގައި ހިމަނާފައިވަނީ ވަނީ މިދޔަ އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ލިބުނު ޢާމްދަނީއަށް ބަލާފައެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރެވެ.
ފޯބްސް 2019 ގެ ޓޮޕް 10 ގައި ހިމެނޭ ސެލްބްރިޓީންގެ ތެރެއިން މި ލިސްޓުގެ ހަތަރުވަނައިގައި އަމީތާބް ބައްޗަން އަދި ފަސް ވަނައިގަ ކްރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީ އެވެ.
ހަވަނައިގައި ޝާހްރުކް ޚާން އޮތްއިރު ހަތްވަނައިގައި ވަނީ ރަންވީރު ސިންގް އެވެ. އަދި އަށް ވަނައިގައި ވަނީ އާލިއާ ބަޓް އެވެ. ފޯބްސް ގެ އެންމެ އަގުބޮޑު އިންޑިއަން ސެލްބްރިޓީގެ ލިސްޓަށް އާލިއާ ބަޓް އެރި މިއީ ފުރަތަމަ ފަހަރެވެ.
ނުވަވަނައިގައި ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑޫލްކަރު އޮތް އިރު ދިހަ ވަނައިގައި އޮތީ ދިޕިކާ ޕަދުކޯން އެވެ.
މި ލިސްޓްގައި ދިޕިކާ މިދިޔަ އަހަރު ހިމެނިފައިވަނީ ހަތަރު ވަނައިގައެވެ. ނަމަވެސް އޭނާގެ ފިރިމީހާ ރަންވީރު މިދިޔަ އަހަރު އަށް ވަނައިގައި އޮތުމަށްފަހު މިއަހަރު ވަނީ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ.