ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 23:52
ރިތޭޝް ދޭޝްމުކް
ރިތޭޝް ދޭޝްމުކް
ފޭސްބުކް
ރިތޭޝް ދޭޝްމުކް
ފުރަތަމަ ފިލްމަށް ފަހު އިތުރު ފިލްމެއް ކުޅެން ލިބޭނެކަމަށް ހީނުކުރަން: ރިތޭޝް
ފިލްމީ ދާއިރާއަށް ނިކުތީ 2003 ވަނަ އަހަރު
ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހައުސްފުލްގެ ފިލްމުތައް ހިމެނޭ

ބޮލީވުޑް އަށް ފުރަތަމަ ނިކުތް ފިލްމު ''ތުޖޭ މޭރީ ކަސަމް'' އަށް ފަހު ފިލްމީ ދާއިރާއިން އިތުރު ފުރުޞަތެއް ލިބިގެން ހިނގައިދާނެ ކަމަށް އެއްވެސް އިރެއްގައި ހީނުކުރާ ކަމަށް ރިތޭޝް ދޭޝްމުކް ބުނެފިއެވެ.

2003 ވަަނަ އަހަރު ނެރުނު ''ތުޖޭ މޭރީ ކަސަމް'' ފިލްމުގައި ރިތޭޝް ފެނިގެން ގޮސްފައިވަނީ ކުރީގެ ލޯބިވެރިޔާ އަދި މިހާރުގެ އަންހެނުން ޖެނެލިޔާ ޑި ސޫޒާ އެކުއެވެ.

ރިތޭޝް ބުނީ، އެ ފިލްމަށް ފަހު އިތުރު ފިލްމަކުން ފުރުޞަތު ލިބެނޭ ކަމަށް ހީވެސްނުކޮށް ހުއްޓާ އިތުރު ފުރުޞަތުތައް ލިބެން ފެށި ކަމަށެވެ. އޭގެ ތެރެއިން ބައެއް ފިލްމު އެކަށީގެންވާ ވަރަށް ހިނގި ނަަމަވެސް ބައެއް ފިލްމުތައްވީ ފޮލެޕެވެ.

މަހަރާޝްތްރާގެ ކުރީގެ ޗީފް މިނިސްޓަރުގެ ދަރިފުޅު ރިތޭޝް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ތެރޭގައި، މަސްތީ، މާލާމާލް ވީކްލީ، އަޕްނާ ސަޕްނާ މަނީ މަނީ، ދަމާލް ފްރެންޗައިޒް، ހައުސްފުލް ފިލްމްސް، އޭކް ވިލަންގެ އިތުރުން ހެއި ބޭބީ ހިމެނެއެވެ.

އާންމުކޮށް ކޮމެޑީ ރޯލުން ފެނިގެންދިޔަ ރިތޭޝް ދަނީ މި ފަހަކަށް އައިސް ވިލަންގެ ރޯލު ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް