ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 09:08
މިސްވޯލްޑް 2019 ޓޮނި-އަން ސިންގް
މިސްވޯލްޑް 2019 ޓޮނި-އަން ސިންގް
އޭބީސީ ނިއުސް
މިސް ވޯލްޑް 2019
މިއަހަރުގެ މިސްވޯލްޑުގެ ތާޖު ޖެމެއިކާގެ ޓޮނި-އަން އަށް
ޓޮނީ އަކީ ޑޮކްޓަރުކަން ކިޔަވަމުންދާ ކުއްޖެއް
ޓޮނީ ގެ ހުންނަ ޚާއްސަ ހުނަރަކީ އޭނާއަށް ކްލޭސިކަލް އޯޕެރާ ކިޔަން އެނގުން

2019 ވަނަ އަހަރުގެ މިސް ވޯލްޑްގެ ތާޖް ޖެމެއިކާގެ ޓޮނި-އަން ސިންގް ހާސިލް ކޮށްފި އެވެ.

ހޮނިހިރު ދުވަހު ލަންޑަންގައި ބޭއްވި މި މުބާރާތުގައި ޓޮނީ ގެ ބޮލުގައި މިސް ވޯލްޑްގެ ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސްވޯލްޑް ވެނެއްސާ ޕޮންސް އެވެ.

ޓޮނީ އަކީ ފްލޮރިޑާ ސްޓޭޓް އުނިވަރސިޓީގައި ގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރެކެވެ. ޓޮނީ އަކީ ކެމްޕަސްގެ ކެރީބިއަން ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސް އެވެ.

އުމުރުން 23 އަހަރުގެ މޮޑެލް ވަނީ އޭނާގެ ރީތި އަޑުން އެންމެންގެ ހިތްތައް އަތުލާފައެވެ.

ޓޮނީއަށް ލިބޭ ހުސްވަގުތުގައި އޭނާ ކުރާ މަސައްކަތްތަކަކީ ލަވަކިޔުމާއި، ކެއްކުމާއި، ވްލޮގް ހިންގުމާއި، ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމެވެ.

ޓޮނީ ގެ ހުންނަ ޚާއްސަ ހުނަރަކީ އޭނާއަށް ކްލެސިކަލް އޯޕެރާ ކިޔަން އިނގުމެވެ.

ޓޮނީގެ ހަޔާތުގައި އެންމެ މުހިއްމު މީހަކީ އޭނާގެ މަންމަ ކަމަށާއި އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެންމެ ބޮޑު އެހީތަރިކަމެއްދޭ ފަރާތަކީ އެނާގެ މަންމަ ކަމަށް ޓޮނީ ވަނީ ބުނެފައެވެ. އަދި ޓޮނީއަށް ކޮންމެ ކަމެއްގައިވެސް އޭނާގެ މަންމަ ވެދޭ އެހީތެރިކަން ފާހަގަކޮށް އަބަދުވެސް އޭނާގެ މަންމައަށް ޝުކުރު އަދާކުރެއެވެ.

- ކޮމެންޓް